twitterviber whatsapp telegramfacebookyoutube instagram
10th April 2026

ހދ އޭއީސީގެ ސައިންސް އެންޑް އެންވަޔަރމެންޓް ކުލަބުގެ ފަރާތުން ކުޅުދުއްފުށީ ބަނދަރު ސަރަހައްދު ސާފު ކޮށްފި

Aug 20, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް އެންޑް އެންވަޔަރމެންޓް ކުލަބުގެ ފަރާތުން ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދު ސާފު ކޮށްފި އެވެ.

އެސްކޫލުގެ ސައިންސް އެންޑް އެންވަރމެންޓް ކުލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިސާފު ކުރުމުގެ ޕްރޮގުރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެކުލަބުގެ ކޯޑިނޭޓަރު މަމްދޫހާ ހަސަން ވިދާޅުވީ އެސަރަހައްދު ސާފުކުރީ އެއީ ރަށުގެ މޫނު މައްޗަށް ވެފައި އެސަރަހައްދު ކުނި އަޅާ ހުތުރުކޮށް ފެންނަން ބޭނުން ނުވާތީ ކަމަށެވެ.

މަމްދޫހާ ވިދާޅުވީ މިފަދަ ފްރޮގުރާމުތައް ހިންގުމުގެ މަގުޞަދަކީ ކުންޏަކީ ތިމާވެއްޓާ ބީރައްޓެހި އެއްޗެއްކަން ދަރިވަރުންނަން ހާމަކޮށްދިނުމާއި ކުންޏާ ބެހޭ ގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުން ކަމަށެވެ.

އިއްޔެ ހަވީރު ގަޑިއެއްހާ އިރަށް ކުރިއަށް ގެންދިޔަ މި ސާފުކުރުމުގެ ޕްރޮގްރާމުގައި ދަތުރު ހިޔަލުން ފެށިގެން ހިއްކިބިމުގުގެ ސަރަހައްދާ ދެމެދު ސާފުކޮށްގެން 2 ޓަނުގެ ޕިކަޕެއްގެ ކުނި ވަނީ އެކުދިން ނަގާފައެވެ. ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅިފަދަ ތަކެތި ހޮވިއިރު ކުނިވާޒާތުގެ އުކާލާފައިވާ 3 ކޮތަޅުވެސް  އެސަރަހައްދުން ފެނިފައިވާ ކަން ހިތާމަޔާއެކު އެ ސްކޫލު ފާހަގަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355