twitterviber whatsapp telegramfacebookyoutube instagram
11th August 2026

ވައިކަރަދޫގައި އަދާލަތު ޕާޓީގެ ޖަގަހައެއް ހުޅުވައިފި

Aug 21, 2013

ހދ ވައިކަރަދޫގައި އަދާލަތު ޕާޓީގެ ޖަގަހައެއް ހުޅުވައިފި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ހުޅުވުނު މި ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބުދުﷲ އެވެ.

އަދާލަތު ޕާޓީގެ ވައިކަރަދޫ ފެންޑާގެ ނަމުގައި ހުޅުވުނު މި ޖަގަހައިގައި ކޮންމެ ރެއަކުވެސް ކެމްޕޭނަށް ކޮންމެވެސް ހަރަކާތެއް ކުރިއަށް ދާނެ ކަމަށް އަދާލަތު ޕާޓީގެ ވައިކަރަދޫ ގޮފީގެ ރައީސް އާމިރު މައުލޫމާތު ދެއްވައެވެ.

ވައިކަރަދޫގައި ހުޅުވުނު މި ޖަގަހަ ބޮޑަށް ބޭނުން ކުރެވޭނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ރޭވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީ ހިމެނޭ ޖުމްހޫރީ ގުޅުމުގެ ފަރާތުން ރޭ ކުޅުދުއްފުށީގައި ޖަލްސާއެއް ވަނީ ބާއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355