twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށި އޮންލައިންގެ ފޮޓޯގްރާފަރަކަށް އެމްޑީޕީގެ ސަޕޯޓަރަކު އިންޒާރުދީ ހުރަސް އަޅައިފި

Aug 21, 2013

ކުޅުދުއްފުށި އޮންލައިންގެ ފޮޓޯގްރާފަރަކަށް އެމްޑީޕީގެ ސަޕޯޓަރަކު އިންޒާރުދީ ހުރަސް އަޅައިފި އެވެ.

ރޭ ޖުމްހޫރީ ޕާޓީގެ ކޯލިޝަނުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ފޮޓޯ ނަގަން އުޅުނު މިނޫހުގެ ސީނިއަރ ފޮޓޯގްރާފަރަކަށް އިންޒާރު ދިނީ ޖުމްހޫރީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާ ހިނގަމުން ދަނިކޮށް އެމްޑީޕީގެ ސަޕޯޓަރުން ތަކެއް އެސަރަހައްދުގައި މުޒާހަރާކޮށް އަޑުގަދަކުރާ މަންޒަރު ފޮޓޯ ނަގަން އުޅުމުންނެވެ.

ފޮޓޯގްރާފަރާ ދިމާއަށް “މަ ފޮޓޯ ނަގާ ތާކަށް ލައިފިނަމަ ނިމުނީ” އޭ ބުނެ އިންޒާރު ދީފައި ވެއެވެ.

ރޭ ޖުމްހޫރީ ކޯލިޝަނުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ފެށުމުން އެކި ފަހަރު މަތިން އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެ ޖަލްސާއަށް ހުރަސް އަޅާާފަ އެވެ. އަދި ގާސިމް އިބްރާހިމް ކުޅުދުއްފުށިން ފުރާވަޑައިގެންނެވި ވަގުތު ވެސް ވަނީ އެމްޑީޕީގެ ސަޕޯޓަރުން ބަނދަރު ސަރައްހަދުގައި ގާސިމް އިބްރާހީމާ ދެކޮޅަށް ވަނީ އަޑު އުފުލާފަ އެވެ.

ކުޅުދުއްފުށި އޮންލައިންގެ މެނޭޖްމަންޓުން ބުނީ ފޮޓޯގްރާފަރަކަށް ބިރު ދައްކާ އިންޒާރު ދިން މައްސަލަ ކުށްވެރިކުރާ ކަމަށާއި އަދި އެފަދަ ކަންކަން ތަކުރާރުވާނަމަ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ. އަދި ނޫސްވެރިންނަށް ބިރު ދައްކާ އިންޒާރު ދީ ހެދުމަކީ ތަހުޒީބީ މުޖުތަމައަކުން ފެނިގެންވާނެ ކަމެއް ނޫން ކަމަށްވެސް އެފަރާތުން ބުނެއެވެ.

[yass cats=33]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355