twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުވައިފި

Aug 22, 2013

ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޖަގަހައެއް ހުޅުވައިފި އެވެ.

ޖުމްހޫރީ ގުޅުމުގެ ފަރާތުން ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ޖަގަހަ ހުޅުއްވައި ދެއްވީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހިމް އެވެ. މި ޖަގަހަ ހުންނަނީ ކުޅުދުއްފުށީ އަމީނީމަގުގައި ޗާނދަނީގޭ ކުރިމަތީގަ އެވެ. ޖުމްހޫރީ މާލަމްގެ ނަމުގައި ހުޅުވުނު މި ޖަގަހައިގައި ޖުމްހޫރީ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ދާނެކަމަށް އެޕާޓީން މައުލޫމާތުދެ އެވެ.

ޖުމްހޫރީ ގުޅުމުން އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާގައި ޤާސިމް އިބްރާހިމްގެ އިތުރުން ރަނިންމޭޓް ހަސަން ސައީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބުދުﷲ އާއި އަބުދުﷲ ކަމާލުއްދީން އަދި އުމަރު ނަސީރުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355