twitterviber whatsapp telegramfacebookyoutube instagram
26th October 2025

އަފީފުއްދީން ސްކޫލުގެ ސްކައުޓް ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Aug 25, 2013

އަފީފުއްދީން ސްކޫލު ސްކައުޓުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ރޭ އެސްކޫލު ހޯލުގައި ކުރިއަށް ގެންދިޔަ މިރަސްމިއްޔަތުގައި 12 ސްކައުންޓުން ވަނީ ހުވާކޮށްފައެވެ. އަދި ބެސްޓްމަން ތޯގު އެންޑް ސީނިއަރ އެޕްްލޯޓްސް ބެޖް ހާސިލް ކުރި 11 ސްކައުޓުންނަށް ވަނީ ބެޖާއި ޝޭޝް ހަވާލު ކޮށްދީފައެވެ. 5 އަހަރު ދުވަހުގެ ބުރަ މަސައްކަތުން މިބެޖް ހޯދި 11 ސްކައުންޓުންނަކީ މުހައްމަދު އަރުޝަމް، އިބުރާހިމް އަހުމަދު، އަހުމަދު އަބުދުﷲ، ނަބީލު ހަސަން، މުހައްމަދު ޝާމިލް، އަހުމަދު އިއްޒަކިއަލް، ފައިސަލް އަހުމަދު، އަދި މުހައްމަދު ޝާމް، އިމާދު ހުސެއިންގެ އިތުރުން އަހުމަދު ނިޔާޒް އާއި ހައްމާދު ހަސަނެވެ.

މިޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އަފީފުއްދީން ސްކޫލު ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ އިސްލާމްދީނަށާއި ގައުމަށް އިޙްލާސްތެރިކަމާއެކު ކޮންމެ ސްކައުޓަކު ވެސް މަސައްކަތް ކުރުމަށާއި ގައުމަށް  ދިމާވާ ކޮންމެ ބޮޑެތި ހާލަތެއްގައި ދަރުމަވެރިންގެ ގޮތުން ނިކުމެ މަސައްކަތް ކޮށްދިނުމަށް ޕްރިންސިޕަލް އެދިލެއްވި އެވެ.

މިޖަލްސާ ގައި ސްކޫލުގެ އިސްވެރިންނާއި ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355