twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އަޅަން ފަށައިފި

Aug 27, 2013

ކުޅުދުއްފުށީ އަމީނީމަގުގައި މިއަދު ތާރު އަޅަން ފަށައިފި އެވެ.

މިއަދު މެންދުރުފަހު ތާރު އަޅަންފަށާފައިވާއިރު މޫސުން ތަންދޭނަމަ ހުއްޓުމެއް ނެތި އަވަސް މުސްތަގުބަލެއް ގައި މަގުގައި ތާރު އަޅާ ނިންމާލެވޭނެކަމަށް އެމްއާރުޑީސީން މައުލޫމާތު ދެއެވެ. އެމްއާރުޑީސީން ބުނީ މިދުވަސް ވަރަކީ ކުޅުދުއްފުއްޓަށް އެހާ މޫސުން ރަގަޅު ދުވަސް ވަރަކަށް ނުވާތީ، ތާރު އެޅުމުގައި ދަތިތަކެއް ކުރިމަތި ވަމުން އަންނަކަމަށެވެ.

މިއަދު ތާރު އަޅަން ފެށުމުން ކުޅުދުއްފުށީގެ ރައްޔިތުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ބައެއް ރައްޔިތުން ބުނީ ކިތަންމެ ގިނަދުވަސް ފަހުން ވިޔަސް މަގުގައި ތާރު އަޅާ ތަން ފެނުމުން ހިތްހަމަ ޖެހޭ ކަމަށާއި މިއީ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީގެ އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.

[yass cats=34]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355