twitterviber whatsapp telegramfacebookyoutube instagram
27th September 2026

މަކުނުދޫގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި އެކުއްޖާގެ ދޮންބައްޕަ އާއި މަންމަ ހައްޔަރުކޮށްފި

Aug 28, 2013

ހދ މަކުނުދޫގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި އެކުއްޖާގެ ދޮންބައްޕަ އާއި މަންމަ ހައްޔަރު ކޮށްފި އެވެ.

14 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާކަމަށް ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސް ސެންޓަރުގެ ފަރާތުން މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅި މައްސަލައާއި ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ އަންހެނެއް ކަމަށާއި އެއީ އެކުއްޖާގެ މަންމަ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މިއަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ދޮން ބައްޕަ މިކުއްޖާއާއި ބެހޭކަން އެނގިހުރެ އެކަން ސިއްރުކޮށްފައިވާތީކަމަށްވެސް ފުލުހުން ބުނެއެވެ.

ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ހދ.ނޮޅިވަރަމްފަރު މެޖިސްޓްރޭޓް ކޯޓުން މި އަންހެންމީހާގެ މައްޗަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މިމައްސަލާގެ ތަހުގީގަށް އުމުރުން 42 އަހަރުގެ މި ކުއްޖާގެ ދޮން ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި ފިރިހެން މީހާގެ ބަންދުގެ މުއްދަތަށް 13 ދުވަސް ކޯޓުން  ވަނީ ޖަހާދީފަ އެވެ.

މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293