twitterviber whatsapp telegramfacebookyoutube instagram
26th October 2025

އަފީފުއްދީން ސްކޫލްގެ ދިވެހި އަދަބީ ފޯވަހި ފެށިއްޖެ

Aug 29, 2013

އަފީފުއްދީން ސްކޫލްގެ ދިވެހި އަދަބީ ފޯވަހި ފެށިގެން ކުރިއަށް އެބަދެ އެވެ.

އެސްކޫލްގެ ދިވެހި ޖަމިއްޔާ ކަމަށްވާ އަދަބީ ގުލްޒާރުން އިންތިޒާމު ކޮށްފައިވާ މި ފޯވަހީގައި ދިވެހި އަދަބިއްޔާތުގެ ދެ ބައި ކަމަށްވާ ލިޔުންތެރިކަމުގެ ބަޔާއި ކިޔުންތެރިކަމުގެ ބައިން އެކި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް މި ފޯވަހީގެ ކޯޑިނޭޓަރ މައުލޫމާތު ދެއްވައެވެ.

އަދަބީ ފޯވަހީގެ ކޯޑިނޭޓަރ މޫސާ މާހިރު ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަޤްޞަދަކަށް ވެފައިވަނީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުމާއި ދަރިވަރުން ދިވެހި ބަހާމެދު ފަހުރުވެރި ކުރުވައި ދިވެހި އަދަބިއްޔާތު އާލާކުރުން ކަމުގައެވެ.

އަފީފުއްދީންގެ ހަތަރު ހައުސް ކަމަށްވާ ފަރީދީ ހައުސް، ޤާޒީ ހައުސް އަދި މަޖީދީ ހައުސްގެ އިތުރުން އަމީނީ ހައުސްގެ މެދުގައި މުބާރާތެއްގެ އުސޫލުން ކުރިއަށް ގެންދާ މިފޯވަހީގައި 280 އެއްހާ ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ޓީޗަރުންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ކުރިއަށްދާ މި އަދަބީ ފޯވަހި ހޮނިހިރު ދުވަހުގެ ހަވީރު ހައެއް ޖެހުމާ ހަމައަށް ކުރިއަށް ދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355