twitterviber whatsapp telegramfacebookyoutube instagram
12th May 2025

އެތުލެޓިކްސް މީޓްގައި ހދ އޭއީސީގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

Aug 30, 2013

މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގައި ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް އެސްކޫލުގައި ކުރިއަށް ގެންގޮސްފި އެވެ.

މިގޮތުން އެސްކޫލުގެ ދަރިވަރުން ހޯދި ކާމިޔާބު ފާހަގަކޮށް، އެކުދިންނަން ހިތްވަރު ދިނުމުގެ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީ ޝަރަފުވެރި މެހެމާނު ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލް ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ކާމިޔާބީގެ އަސްލަކީ ހުރިހާ ބޭފުޅުންވެސް އެކައްޗެއް ކިޔައިގެން އަޒުމާއެކު މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ. އަދި މިފަދަ ކަމިޔާބީތަކުގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަލީ އިސްމާއީލް ވިދާޅުވި އެވެ.

މިއެސެމްބްލީގައި ހދ އޭއީސީގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ދެއްކެވި ވާހަކައިގައި ދަރިވަރުން ގައުމީ ރެކޯޑެއް ހޯދުމަށް އަޒުމު ކަޑައެޅުމަށް ގޮވާލެއްވި އެވެ.

މިމުބާރާތުގައި ތައުލީމީ މަރުކަޒު ވަނީ 3 އުމުރުފުރާއަކުން ބެސްޓު އެތުލީޓު ކަން ހޯދާފައެވެ. 14 ސްކޫލަކުން، ޖުމްލަ 600 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި މި މުބާރާތުގައި ތައުލީމީ މަރުކަޒު ވާދަކުރި 6 ކެޓަގަރީގެ ތެރެއިން ހަތަރު ކެޓަގަރީ އަކުން ވަނީ ޗެމްޕިއަން ކަން ހޯދާފައެވެ. އަދި އެއް އުމުރު ފުރާއިން 2 ވަނަ ހޯދާފައި ވެއެވެ.

މި ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން ބުދަ ދުވަހު ވަނީ ސްކޫލުގެ ފަރާތުން ލޮރީ ބުރެއް ވެސް ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355