twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެކި ދުވަސްމަތިން ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކުޅުދުއްފުށީ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

Aug 31, 2013

ކުޅުދުއްފުށީގައި ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީގައި އެކި ދުވަސްމަތިން ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ކުޅުދުއްފުށީ، ސުހާނީ، އަހުމަދު ހަސަން (22 އަހަރު)ގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އެކި ދުވަސްމަތިން 17 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި އަހުމަދު ހަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިމަހުގެ 26 ވަނަ ދުވަހު ހދ ނޮޅިވަރަމް ކޯޓުން އޭނާގެ ބަންދުގެ މުއްދަތަށް އިތުރު 10 ދުވަސް އިތުރުކޮށްދީފައި ވެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އަހްމަދު ހަސަނަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނާއި ސިފައިންނަށް އިންޒާރުދީ ފުލުހުންނާއި ސިފައިންނަށް ގަލާއި ދަގަނޑުބުރި ފަދަ ތަކެތިން ހަމަލާދީ ފުލުހުންނާއި ސިފައިންގެ މަރުކަޒަށް ގަލާއި ދަގަނޑުބުރި ފަދަ ތަކެތި އުކައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ހިޞާރުކުރަން މަސައްކަތް ކުރި މައްސަލައިގެ ރެކޯޑުވެސް އޮންނަ މީހެކެވެ.

އަދި މާރާމާރީގެ ކުށުގައާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ އިތުރުން ލައިސަންސް ނުނަގާ އެއްގަމު އިންޖީނުލީ އުޅަދެއް ދުއްވުމުގެ ކުށުގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް މީގެ ކުރިން ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355