twitterviber whatsapp telegramfacebookyoutube instagram
8th July 2025

ކުޅުދުއްފުށީ ކައުންސިލްގެ ރައީސާއި ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އެމްޑީޕީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

Aug 31, 2013

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒާއި ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ނަޞްރުﷲ އިސްމާއީލް އަދި އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އާދަމް ވަހީދު ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

ޖުމުހޫރީ ޕާޓީއާ މިބޭފުޅުން ގުޅިވަޑައިގަތުމަށް މިއަދު ހަވީރު އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ޕީޕީއެމްގެ ހަރަކާތްތަކުގެ އިސްކޮށް އުޅޭ އިބްރާހީމް އަހުމަދު ވެސް އެޕާޓީއަށް ސޮއިކޮށްފައި ވެއެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބުރާހިމް ރަމީޒަކީ އެމްޑީޕީ މެމްބަރެކެވެ. އަދި ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ނަޞްރުﷲ އިސްމާއިލަކީ ވެސް އެމްޑިޕީގެ މެމްބަރެކެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް އާދަމް ވަހީދަކީ، ކުޅުދުއްފުށީ އެމްޑީޕީގެ ދެކުނު ދާއިރާގެ ކުރީގެ ރައީސެވެ.

ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިތުމާ ގުޅޭގޮތުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސްގެ ބަހެއް ފޯނަށް ޖަވާބު ނުދެއްވާތީ ލިބޭގޮތް ވަނީ ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355