twitterviber whatsapp telegramfacebookyoutube instagram
12th May 2025

އަފީފުއްދީން ސްކޫލްގެ ގާރލް ގައިޑް އަދި ލިޓިލް މެއިޑް ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Aug 31, 2013

އަފީފުއްދީން ސްކޫލްގެ ގާރލް ގައިޑް އަދި ލިޓިލްމެއިޑް ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ރޭ އަފީފުއްދީން ސްކޫލް ހޯލުގައި ކުރިއަށް ދިޔަ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި 24 ގާރލް ގައިޑުންނާއި 52 ލިޓިލްމެއިޑުން ހުވާ ކޮށްފައި ވެއެވެ.

ރޭގެ ރަސްމިއްޔާތުގައި 13 ލިޓިލްމެއިޑަކު ވަނީ ފުލައިން އަޕްސް ވިންގް ހާސިލްކޮށްފަ އެވެ. މިދަރިވަރުންނަށް ވިންގްސް ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހެމާނާ އަމީރު އަމީން ސްކޫލްގެ އެޑްމިނިސްޓުރޭޓަރ އައިޝަތު މުހައްމަދެވެ. މީގެ  އިތުރުން 13 މެއިޑަކު ވަނީ ގޯލްޑަން ބާރ، ގޯލްޑެން ލެޑާ އަދި ގޯލްޑެން ހޭންޑް ހާސިލް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނާ ދެއްކެވި ވާހަކައިގައި މެއިޑް ކުދިން ހޯދި ކުރިއެރުމަށް މަރުހަބާ ދަންނަވާ ހިތްވަރު ދެއްވިއެވެ. އަދި ގާރލް ގައިޑާއި ލިޓިލްމެއިޑް އުފެދިގެން އައި ގޮތުގެ ތާރީހަށް އަލި އަޅުއްވާ ވާހަކަ ދެއްކެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355