twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާ އޭސީޕީ ފައިރޫޒް ބައްދަލުކުރައްވައިފި

Aug 31, 2013

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ބައްދަލުކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި އޮތް މި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް، ރާއްޖޭގެ މިއަދުގެ ހާލަތާއި ފުލުހުންގެ މުއައްސަސާގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކާއި ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މައްޗަށް ބައްލަވާ ވާހަކަ ދައްކަވާފައި ވެއެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސެކިއުރިޓީގެ ކަންތައްތަކާއި ފުލުހުންގެ ކުރިމަގު ބައްޓަންކުރުމުގައި ގެންގުޅެންވީ އުޞޫލުތަކުގެ މައްޗަށް އެސިސްޓެންޓް ކޮމިޝަނަރ ވާހަކަ ދައްކަވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ހދ އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުޙައްމަދު އާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވި އެވެ.

މި ބައްދަލު ކުރެއްވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ހުރި ދަތިތަކާއި ފުލުހުންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުންވެސް މައުލޫމާތު އޮޅުން ފިލުވާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355