twitterviber whatsapp telegramfacebookyoutube instagram
28th November 2026

އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމަށް އެ މަގާމުގައި ކުރިންވެސް ހުންނެވި ހުސެން ރަޝީދު އިންތިހާބު ކޮށްފި

Sep 5, 2013

ހދ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމަށް އެ މަގާމުގައި ކުރިންވެސް ހުންނެވި ވައިކަރަދޫ ދާއިރާގެ ކައުންސިލަރ ހުސެން ރަޝީދު އިންތިހާބު ކޮށްފި އެވެ.

މިމަހު 3 ވަނަ ދުވަހު ރައީސްގެ މަގާމު ހުސްވެފަވެފައި ވާތީ އެމަގާމަށް މީހަކު އިންތިހާބު ކުރުމަށް ނެގި ވޯޓު ހުސެއިން ރަޝީދު ކާމިޔާބު ކޮށްފައިވަނީ 5 ވޯޓުގެ އަޣުލަބިއްޔަތަކުން ނެވެ. މިމަގާމަށް ވާދަކުރި ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލު ކުރައްވާ އަލީ މުހައްމަދަށް ލިބިފައިވަނީ 2 ވޯޓެވެ.

ހދ އަތޮޅު ކައުންސިލުގެ ހިންގާ ގަވާއިދުގައިވާ ގޮތުން ރައީސްއާއި ނައިބު ރައީސްގެ މަގާމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އެހެން ވުމުގެ ސަބަބުން ކޮންމެ އަހަރަކު އެއްފަހަރު އަލުން ރައީސަކާއި ނައިބު ރައީސް އިންތިހާބުކުރަން ޖެހެއެވެ.

ރައީސަކު ހޮވުމަށް އިއްޔެ ބޭއްވި ބައްދަލުވުމަށް ކައުންސިލުގެ 7 މެމްބަރަކު ހާޒިރުވެ ވޯޓު ދީފައިވާއިރު 3 ކައުންސިލަރަކު ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.

އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވަނީ ނޮޅިވަރަމް ދާއިރާގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހަސަނާއި އަލީ ހުސެއިން އަދި ހަނިމާދޫ ދާއިރާ މެމްބަރު މުސްތަފާ ސަލީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293