ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް ހަދިޔާ ކުރެއްވި ކޮމްޕިއުޓަރާއި ޕްރޮޖެކްޓަރު ފަދަ ތަކެތި ހދ ގެ ބައެއް ސްކޫލު ތަކަށް މިއަދު ލިބިއްޖެ އެވެ.
އެގޮތުން މިއަދު ހެނދުނު ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށް ވަނީ ޕްރޮޖެކްޓަރާއި ކޮމްޕިއުޓަރު ލިބިފަ އެވެ. އަދި އަފީފުއްދީން ސްކޫލަށާއި ހދ އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ވަނީ ފަރާތުން ފޮނުވި ކޮމްޕިއުޓަރާއި ޓީވީ ފަދަ ތަކެތި ލިބިފަ އެވެ.
ހދ ގެ ބައެއް ސްކޫލުތަކަށް މިފަދަ ތަކެތި މިއަދު ލިބިފައި ވާއިރު ހއ ގެ ރަށްތަކުގެ ސްކޫލުތަކަށް މިރޭގެ ވަގުތެއް ގައި ހަދިޔާ ތައް ލިބޭނެ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ ސްކޫލު ތަކަށް ބޭނުން ހިފޭނެ ތަކެތި ކަމައްވާ ޓީވީ، ކޮމްޕިއުޓަރ، ލެޕްޓޮޕް، ޕްރޮޖެކްޓަރ، ސައުންޑް ސިސްޓަމް އަދި ގޮނޑި ފަދަ ތަކެތި ގިނަ އަދަދަކަށް ސްކޫލުތަކަށް ހަދިޔާ ކޮށްފަ އެވެ.