twitterviber whatsapp telegramfacebookyoutube instagram
26th November 2024

ފަހުގެ ހަބަރު: ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮށިތަކުން ނަޝީދު ކުރި ހޯއްދަވައިފި

Sep 7, 2013

 

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީގައި ބެހެއްޓި 8 ވޯޓު ފޮށީގެ ނަތީޖާ އިއުލާނު ކުރިއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ކުރި ހޯދައިފި އެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ހުރިހާ ވޯޓު ފޮށިތަކެއްގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިފައިވަނީ 1196 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 28 އިންސައްތައެވެ.

ގައުމައިގެން ކުރިއަށް ކޯލީޝަނުގެ ކެނޑިޑޭޓް ޑރ. މުހައްމަދު ވަހީދަށް ލިބިފައިވަނީ 283 ވޯޓެވެ. އެއީ 7 އިންސައްތަ ވޯޓެވެ.

ކުޅުދުއްފުށީގެ ހުރިހާ ވޯޓު ފޮށިތަކެއްގެ ޖުމްލަ ނަތީޖާއިން ދައްކާގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިފައިވަނީ 1035 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 24 އިންސައްތަ އެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް ކުޅުދުއްފުށިން ލިބިފައިވަނީ 1829 ވޯޓެވެ. އެއީ ޖުމްލަ ވޯޓު ދިން މީހުންގެ 42 އިންސައްތަ އެވެ.

ކުޅުދުއްފުށީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 5244 މީހުންގެ ތެރެއިން މިއަދުގެ ވޯޓުގައި ބައިވެރިވެފައިވަނީ 4403 މީހުންނެވެ. ބާތިލު ވޯޓުގެ ގޮތުގައި 60 ވޯޓު ގުނިއިރު ސައްހަ ވޯޓުގެ ގޮތުގައި 4343 ގުނާފައި ވެއެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ހުރިހާ ވޯޓު ފޮށިތަކެއް ގުނާ ނިންމާ ނަތީޖާ އިއުލާނު ކުރިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު 42 ޕަސެންޓުން ކުރި ހޯއްދަވައިފި އެވެ. ކުޅުދުއްފުށިން ދެވަނަ ލިބިފައިވަނީ 28 ޕަސެންޓާއެކު ގާސިމް އިބްރާހިމް އަށެވެ. ޔާމީނަށް 24 ޕަސެންޓް ލިބުނު އިރު ރައީސް ވަހީދަށް ލިބިފައި ވަނީ 7 ޕަސެންޓެވެ.

19:30

ރިސޯސް ސެންޓަރުގައި ހުރި ވޯޓު ފޮށި

ގާސިމް 159  ވޯޓު

ވަހީދު 47  ވޯޓު

ޔާމީން 112 ވޯޓު

ނަޝީދު 195 ވޯޓު

ސައްހަ 513

ޖުމްލަ 516

ބާތިލް 3

19:15

ޖަލާލުއްދީން ސްކޫލުގެ ހޯލުގައި ހުރި ވޯޓު ފޮށި

ގާސިމް 167  ވޯޓު

ވަހީދު 29  ވޯޓު

ޔާމީން 121 ވޯޓު

ނަޝީދު 216 ވޯޓު

ސައްހަ 533

ޖުމްލަ 538

ބާތިލް 5

18:45

[yass cats=37]

ކެމްޕަސްގައި ހުރި ވޯޓު ފޮށި

ގާސިމް 179  ވޯޓު

ވަހީދު 34  ވޯޓު

ޔާމީން 158 ވޯޓު

ނަޝީދު 316 ވޯޓު

ސައްހަ 687

ޖުމްލަ 699

ބާތިލް 12

18:20

އިރުމަތީ އަވަށު ޕްރީ ސްކޫލު ވޯޓު ފޮށި

ގާސިމް 197  ވޯޓު

ވަހީދު 49  ވޯޓު

ޔާމީން 152 ވޯޓު

ނަޝީދު 314 ވޯޓު

ސައްހަ 712

ޖުމްލަ 720

ބާތިލް 8

18:15

އަފީފުއްދީން ސްކޫލުގެ ހޯލުގައި ހުރި ވޯޓު ފޮށި

ގާސިމް 110  ވޯޓު

ވަހީދު 38  ވޯޓު

ޔާމީން 127 ވޯޓު

ނަޝީދު 219 ވޯޓު

ސައްހަ 503

ޖުމްލަ 494

ބާތިލް 9

17:48

އަފީފުއްދީން ސްކޫލުގެ ސްޓޭޖް ހުރި ވޯޓު ފޮށި

ގާސިމް 144  ވޯޓު

ވަހީދު 34  ވޯޓު

ޔާމީން 196 ވޯޓު

ނަޝީދު 255 ވޯޓު

ސައްހަ 629

ޖުމްލަ 638

ބާތިލް 9

17:45

ޖަލާލުއްދީން ސްކޫލުގެ ސްޓޭޖްގައި ހުރި ވޯޓު ފޮށި

ގާސިމް 133  ވޯޓު

ވަހީދު 21  ވޯޓު

ޔާމީން 99 ވޯޓު

ނަޝީދު 151 ވޯޓު

ސައްހަ 404

ޖުމްލަ 409

ބާތިލް 5

17:30

މާލޭގައި އުޅޭ ކުޅުދުއްފުށީ މީހުން ވޯޓު ލީ ފޮށިތައް

އިސްކަންދަރު ސްކޫލު 1

ގާސިމް 69  ވޯޓު

ވަހީދު 15  ވޯޓު

ޔާމީން 63 ވޯޓު

ނަޝީދު 129 ވޯޓު

ސައްހަ 276

ޖުމްލަ 278

ބާތިލް 2

[yass cats=37]

17:15

އަމީރު އަމީން ސްކޫލުގައި ހުރި ވޯޓު ފޮށި

 

ގާސިމް 107  ވޯޓު

ވަހީދު 31  ވޯޓު

ޔާމީން 70 ވޯޓު

ނަޝީދު 163 ވޯޓު

 

ސައްހަ 371

ބާތިލް 9

ޖުމްލަ 380

16:30

ކުޅުދުއްފުށީގައި ވޯޓު ގުނަން ފަށައިފި.

16:10

ކުޅުދުއްފުށީގައި ބެހެއްޓި ހުރިހާ ފޮއްޓެއް ބަންދު ކޮށްފި.

16:00

އިރުމަތީ އަވަށު ޕްރީ ސްކޫލުގައި ހުރި ވޯޓު ފޮށި ބަންދު ކޮށްފި

ކުޅުދުއްފުށީގައި ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި. އެގޮތުން މިހާރު އަފީފުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ދެފޮށި ވަނީ ބަންދުކޮށްފައި.

[yass cats=36]

14:50

ވޯޓް ފޮށި ތަކުގެ އަޕްޑޭޓް:

އަމީރު އަމީން ސްކޫލުގައި ހުރި ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 464

މިހާތަނަށް ވޯޓު ލައިފައި ވަނީ: 363

އައިޕީއެސްގައި ހުރި ވޯޓު ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 900

މިހާތަނަށް ވޯޓު ލައިފައި ވަނީ: 680

14:45

ވޯޓް ފޮށި ތަކުގެ އަޕްޑޭޓް:

ޔުނިވާސިޓީ ކެމްޕަސްގައި ހުރި ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 802

މިހާތަނަށް ވޯޓު ލައިފައި ވަނީ: 658

ރިސޯސް ސެންޓަރުގައި ހުރި ވޯޓު ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 616

މިހާތަނަށް ވޯޓު ލައިފައި ވަނީ: 479

14:30

ވޯޓް ފޮށި ތަކުގެ އަޕްޑޭޓް:

ޖަލާލުއްދީން ސްކޫލުގެ ސްޓޭޖްގައި ހުރި ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 475

މިހާތަނަށް ވޯޓު ލައިފައި ވަނީ: 378

ޖަލާލުއްދީން ސްކޫލުގެ ހޯލުގެ އުތުރު ކޮޅުގައި ހުރި ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 644

މިހާތަނަށް ވޯޓު ލައިފައި ވަނީ: 451

14:30

ވޯޓް ފޮށި ތަކުގެ އަޕްޑޭޓް:

އަފީފުއްދީން ސްކޫލުގެ ސްޓޭޖްގައި ހުރި ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 749

މިހާތަނަށް ވޯޓު ލައިފައި ވަނީ: 589

އަފީފުއްދީން ސްކޫލުގެ ހޯލުގެ އުތުރު ކޮޅުގައި ހުރި ފޮށި:

ރެޖިސްޓަރގައި ހިމެނެނީ: 594

މިހާތަނަށް ވޯޓު ލައިފައި ވަނީ: 480

13:30

އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ މީހަކަށް ވޯޓް ކަރުދާސް ކޮޅެއް ދޫކުރެވިއްޖެ.  އެމީހާގެ ވޯޓު ވަކި ގޮތަކަށް އަދި ނުނިންމާ. (ކުޅުދުއްފުށީ ކެމްޕަސްގައި ބެހެއްޓި ވޯޓު ފޮށި)

10:00

ކުޅުދުއްފުއްޓަށް ވާރޭ ވެހެން ފެށުމާއެކު އައިޕީއެސްގަ ބަހައްޓާފަހުރި ވޯޓުލާން ހަދާފައޮތް ކިޔޫ ތަރުތީބު ގެއްލިއްޖެ. ބައެއް މީހުން މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ. މިވަގުތު އޮތީ ވާރޭ ހުއްޓާލާފަ

9:43

ހދ އަތޮޅުގެ މީހުން ވޯޓުލުމަށް މާލޭގައި 4 ވޯޓުފޮއްޓެއް ބަހައްޓާފައި ވެއެވެ. އިސްކަންދަރު ސްކޫލުގައި ބަހައްޓާފަހުރި ހދ އަތޮޅުގެ މީހުންނަށް ހާއްސަ 4 ފޮއްޓަށް ވޯޓުލާން ވަރަށް ދިގު ކިޔޫއެއް ވަނީ ހަދާފަ.

9:40

އިލެކްޝަން ކޮމިޝަނުގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް 18 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ. ގިނަ ރަށްރަށުގައި ވޯޓުލާން ފަށާ ގަޑި ޖެހުނުއިރު ގިނަ ބަޔަކު ވޯޓުލާން ގޮސްތިއްބެވެ.

8:00

މިއަދު ރާއްޖޭގައި ބާއްވަމުން އަންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުޅުދުއްފުށީގައި ފެށިގެން ކުރިއަށްއެބަދެއެވެ.

ކުޅުދުއްފުށީގައި ބަހައްޓާފައިހުރި 8 ވޯޓު ފޮށީގެ ވޯޓުލުންވެސް ކުރިއަށްދާއިރު އެއްވެސް ހަމަނުޖެހުމެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.

ކުޅުދުއްފުށީގައި ވޯޓު ލުން ފެށި ވަގުތުވެސް ގިނަ ބަޔަކު ވޯޓުލާން ގޮސް ތިބިކަން ފާހަގަ ކުރެވެއެވެ.

ކުޅުދުއްފުށީގައި މިއަހަރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ 6050 މީހުން ތިބިއިރު، ރަށްވެހިވެފައިވާ ރަށް ފިޔަވައި ކުޅުދުއްފުށީގައި ވޯޓުލުމަށް އެހެން ރަށްރަށުގެ 350 އެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355