twitterviber whatsapp telegramfacebookyoutube instagram
18th May 2024

އިންތިހާބާ ގުޅިގެން ހދ އަތޮޅު ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހަޅާފައިވަނީ 16 މައްސަލައެއް

Sep 9, 2013

އިންތިހާބާ ގުޅިގެން ހދ އަތޮޅު ކޮމްޕްލެއިންސް ބިއުރޯ އަށް 16 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެބިއުރޯ އިން ހާމަ ކޮށްފި އެވެ.

ހދ އަތޮޅު ކޮމްޕުލެއިންސް ބިއުރޯ ގެ މެމްބަރު އާދަމް މުހައްމަދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިހާބުގެ ކުރިން 5 މައްސަލައެއް ހުށަހެޅިފައިވާއިރު އިންތިހާބު އޮތް ދުވަހު 16 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އެހެންނަމަވެސް މިހާރު ހުރިހާ މައްސަލަ އެއް ބަލާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބު ކުރިއަށް ދިޔަ ދުވަހު އާއްމުކޮށް ހުށަހެޅިފައިވަނީ އެންޓި ކެމްޕެއިން ކުރުމުގެ މައްސަލަތަކާއި ރެޖިސްޓްރީ މައްސަލަ ތަކެވެ.

އެގޮތުން ހދ. ފިނޭ އިން ށ. ފޯކައިދޫއިން ރަޖިސްޓަރީ މައްސަލައެއް ހުށަހެޅުނުއިރު ހދ. ނޮޅިވަރަންފަރުން 2  މައްސަލައެއް އަދި ކުޅުދުއްފުށިން ރަޖިސްޓްރީއާ ގުޅޭ 4 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

އަދި އެންޓި ކެމްޕެއިން ކުރުމުގެ 1 މައްސަލަ ވަނީ ހުޅަހަޅާފައިވާއިރު ތަފާތު އިތުރު 6 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އިލެކްޝަން ކޮމިޝަނުން ކުރިން ބުނެފައިވަނީ، އިންތިހާބާ ގުޅިގެން ހުށަހެޅުނު މައްސަލަތަކަކީ އިންތިހާބުގެ ނަތީޖާއަށް ބަދަލުއަންނަ ވަރުގެ މައްސަލަތަކެއް ނޫންކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަކީ އެންމެ މައްސަލަތައް މަދު އިންތިހާބުގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355