twitterviber whatsapp telegramfacebookyoutube instagram
10th April 2026

އުތީމުގައި މީހަކު ރުކަކުން ވެއްޓި މައިބަދައިގެ ކަށިގަނޑެއް ބިނދިއްޖެ

Sep 9, 2013

ހއ އުތީމުގައި މީހަކު ރުކަކުން ވެއްޓި، މައިބަދައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފި އެވެ.

މިއަދު ހެނދުނު ހަތެއް ޖެހިއިރު ހިނގި މިހާދިސާގައި ރުކަކުން ވެއްޓިފައިވަނީ އުތީމް، ޒުނޫރިޔާގެ އަހުމަދު އިބުރާހިމެވެ. އޭނާގެ އާއިލާއިން ވަނީ އޭނާ މިއަދު 8:15 ހާއިރު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭ ފަށާފަ އެވެ.

އުތީމުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ އަކީ އާންމުކޮށް ރުކަށް އަރާ އުޅޭ މީހެއް ނޫން ކަމަށާއި އޭނާ ވެއްޓުނީ ގާތްގަނޑަކަށް 16 ވަރަކަށް ފޫޓްގެ ރުކަކުން ކަމަށެވެ.

އޭނާ ބެލި ޑޮކްޓަރުންނާ ހަވާލީދީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސްރޭ ތަކުން ދައްކާގޮތުގައި އޭނާގެ މައިބަދައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި އެހެންނަމަވެސް އޭނާގެ ހާލު ރަގަޅު ކަމަށެވެ. އޭނަ އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355