twitterviber whatsapp telegramfacebookyoutube instagram
25th October 2025

ކިޔެވުމާ ގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް އަމީރު އަމީން ސްކޫލުގެ ދަރިވަރުން ފީލްޑް ޓްރިޕެއް ކުރިއަށް ގެންގޮސްފި

Sep 10, 2013

ކިޔެވުމާ ގުޅޭ އަމަލީ ތަޖުރިބާ ހޯދުމަށް އަމީރު އަމީން ސްކޫލުގެ ދަރިވަރުން ފީލްޑް ޓްރިޕެއް ކުރިއަށް ގެންގޮސްފި އެވެ.

މިގޮތުން އެ ސްކޫލުގެ ޔޫކޭޖީ ދަރިވަރުން މިހާރު ކިޔަވަމުންދާ ޓޮޕިކް ކަމަށްވާ “ބީޗް” އާ ބެހޭ އިތުރު މައުލޫމާތު ހޯދާ މޫދު ކައިރިން ފެންނަ ތަކެތީގައި އަތްލައި ގާތުން އެތަކެތި ބަލާލުމަށް މިއަދު ވަނީ ގޮނޑުދޮށަށް ޒިޔާރަތްކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އެސްކޫލުގެ އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދު ވިދާޅުވީ އަމީރު އަމީން ސްކޫލާ ދިމާ މޫދު ކައިރިއަށް ގޮސް މޫދު ކައިރިން ފެންނަ ތަކެތި ކައިރިން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. މިގޮތުން ސްކޫލުގެ އާންޓީންނާއެކު މިއަދުގެ ފީލްޑް ޓްރިޕްގައި ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އާއިޝަތު ވިދާޅުވިއެވެ. އަދި މިކަހަލަ ހުރިހާ ކަމެއްގައި ވެސް ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ކަމަށްވެސް އާއިޝަތު ވިދާޅުވިއެވެ.

މިއަދުގެ ފީލްޑް ޓްރިޕްގައި ޔޫކޭޖީގެ 124 ދަރިވަރުން ވަނީ ބައިވެރިވެފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355