twitterviber whatsapp telegramfacebookyoutube instagram
18th May 2024

ވޯޓު ކަރުދާސްތަކެއް ޕްރިންޓް ކުރި މައްސަލާގައި އެމްޑީޕީގެ ކުޅުދުއްފުށީ ކެމްޕެއިން އިވެންޓް މެނޭޖަރ ހައްޔަރުކޮށްފި

Sep 11, 2013

ވޯޓު ކަރުދާސްތަކެއް ޕްރިންޓް ކުރި މައްސަލާގައި ކުޅުދުއްފުށީ ޕޯޓުސް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކުޅުދުއްފުށީ އެމްޑީޕީގެ ކެމްޕެއިން އިވެންޓު މެނޭޖަރު އަހުމަދު އާތިފް ހައްޔަރުކޮށްފި އެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ދެ ދުވަސް ކުރިން ކުޅުދުއްފުށީގައި ވޯޓު ކަރުދާސްތަކެއް ޕްރިންޓު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވާކަން ފުލުހުންގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ހދ ކޮމްޕްލެއިންސް ބިއުރޯގެ އޮފިޝަލަކު ވިދާޅުވީ އަމިއްލަ ފަރާތަކުން ވޯޓު ކަރުދާސް ޕްރިންޓް ކުރި ކަމުގެ ޝަކުވާއެއް އެ ބިއުރޯއަށް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި އެ ބިއުރޯއިން ބެލުމަށްފަހު ޕޮލިހަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.

މިމައްސަލަ ކޮމްޕްލެއިންސް ބިއުރޯއަށް ހުށައެޅުމުގައި އިސްކޮށް އުޅުއްވި ޖުމްހޫރީ ކޯލިޝަނަށް ނިސްބަތްވާ އަދާލަތު ޕާޓީގެ އުތުރުގެ ކޯޑިނޭޓަރު މުހައްމަދު މޫސާ (ފަރިރީތި މުހައްމަދު) ވިދާޅުވީ މިމައްސަލަ ހުށަހަޅާފައިވަނީ މިތަކެތި ޕްރިންޓު ކުރި ފަރާތަކަށް އިލެކްޝަންގެ ސިއްރު މައުލޫމާތެއް ކަމުގައި ބެލެވޭ ވޯޓު ކަރުދާސްކޮޅުތަކުގެ ސޮފްޓް ލިބުނު ގޮތެއް އެނގުމުގެ މަގުސަދުގައި ކަމަށެވެ. މިކަމުގައި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ ހައްގަކަށް އެރުން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

މިނޫހަށް އެނގިފައިގޮތުގައި އެ ކަރުދާސްކޮޅުތައް ޕްރިންޓް ކޮށްފައިވަނީ އެމްއޯސީ ބުކްޝޮޕުންނެވެ. އަދި ޕެންޑްރައިވް އަކަށް އަޅައިގެން ގޮސް މީގެ 15 ކަރުދާސްކޮޅެއް ޕްރިންޓްކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެދުވަހު ބައެއް ޓެކްސީ ތަކުން މީގެ ކަރުދާސްކޮޅު ތަކެއް ފެނިފައިވާ ކަމަށްވެސް އެނގިފައި ވެއެވެ.

7 ސެޕްޓަމްބަރު ވަނަ ދުވަހު އާތިފް ހަރަކާތްތެރިވެފައި ވަނީ އަފީފުއްދީން ސްކޫލުގައި ބެހެއްޓި 8 ނަމްބަރު ވޯޓު ފޮށީގެ “މިނިވަން 97” ގެ މޮނީޓަރެއްގެ ގޮތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355