twitterviber whatsapp telegramfacebookyoutube instagram
8th July 2025

ދޮޅު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ށ.އަތޮޅު ކައުންސިލަށް ލޯންޗެއް ގެނެސްފި

Sep 12, 2013

ދޮޅު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ށ.އަތޮޅު ކައުންސިލަށް ލޯންޗެއް ގެނެސްފި އެވެ.

ށ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހުﷲ ވިދާޅުވީ އެކައުންސިލުން ލޯންޗެއް ގަނެފައިވަނީ އެކައުންސިލުން ހިންގާ “ދުވެލި” ޕްރޮގުރާމްގެ ދަށުން ދެމުންގެންދާ ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކޮށް، ކައުންސިލްގެ ނަފާވެރިކަން އިތުރުކުރުމަށް ކަމަށެވެ.

މޫސާ ވިދާޅުވީ ލޯންޗު ބޭނުން ކުރުމަށް ހަމަޖެހިފައިވާނީ ކައުންސިލްގެ މާލިއްޔަތަށް ފައިސާ ހޯދުމުގެ ގޮތުން ވިޔަފާރީގެ ބޭނުމަށް ކަމަށެވެ. އެ އަތޮޅުގައި ކުރިން ބޭނުން ކުރި ފެރީ ދޯނިތައް މިހާރު ބޭނުމެއް ނުކުރެ އެވެ.

ޖުމްލަ 1.82 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގެނައި މި ލޯންޗުގައި 225 ގެ 2 އިންޖީނު ހުރެއެވެ. 36 ފޫޓްގެ މި ލޯންޗުގެ ހިދުމަތް މިހާރު ވަނީ ދޭން ފަށާފަ އެވެ. އެކައުންސިލުން ކުރިއަށް ގެންދާ ދަތުރުފަތުރުގެ ހިދުމަތުގައި މިހާރުވެސް އަންނަނީ ސްޕީޑް ލޯންޗެއް ބޭނުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355