twitterviber whatsapp telegramfacebookyoutube instagram
18th May 2024

ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލާގައި ކުޅުދުއްފުށީގައި ހުންނަ އެމްޑީޕީ އޮފީހަށް ފުލުހުން ވަދެއްޖެ

Sep 11, 2013

ވޯޓް ކަރުދާސް ޕްރިންޓް ކުރި މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ކުޅުދުއްފުށީގައި ހުންނަ އެމްޑީޕީގެ އޮފީސް ފުލުހުން ބަލާ ފާސް  ކޮށްފި އެވެ.

މިއަދު ހަވީރު 4:30 ހާ އިރު ފުލުހުން އެމްޑީޕީގެ އޮފީހަށް ވަދެ ބަލާ ފާސް ކުރަން ފެށިއިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން  ވަނީ ޖަމާވެފަ އެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް އެ ސަރަހައްދުގައި ހިނގާފައެއް ނުވެއެވެ.

އެމްޑީޕީ އޮފިޝަލަކު ބުނީ ކުޅުދުއްފުށީ އެމްޑީޕީ އޮފީސް ފުލުހުން ފާސް ކުރުމަށް ފަހު އެތަނުގެ ކޮމްޕިއުޓަރުގެ ހާޑް ޑިސްކް ގެންގޮސްފައިވާ ކަމަށެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާއާ ގުޅާލުމުން  ވިދާޅުވީ މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އިތުރު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ  .

އެމްޑީޕީގެ އޮފީސް ފުލުހުން ޗެކު ކުރަމުން  އިރު މި މައްސަލާގައި ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކުޅުދުއްފުށީ އެމްޑީޕީގެ ކެމްޕެއިން އިވެންޓު މެނޭޖަރު އަހުމަދު އާތިފް  ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެން ގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355