twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށީ ނެރުފައިކައްޓަށް އަނެއްކާ ވެސް ދޯންޏެއް އަރާ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެއްޖެ

Sep 11, 2013

ކުޅުދުއްފުށީގައި ދުއްވާ ނ.ވެލިދޫ ދޯންޏެއް ރޭ ކުޅުދުއްފުށީ ނެރު ފައިކައްޓަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ލަނޑާގެ މަސްވެރިކަން ކުރާ ނ. ވެލިދޫ “ލޯލޯ” ދޯނި ކުޅުދުއްފުށީ ނެރުގެ ކަނާތު ނެރު ފައިކައްޓަށް އެރި އިރު ހަތަރު މީހުން ދޯނީގައި ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރޭ 8:30 ގައި މިދޯނި ނެރުފައިކައްޓަށް އެރި ހަބަރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިޔާ ސްކޮޑްރަންގެޑައިވަރުންގެ ޓީމަކުން ގޮސް ދޯނި ފުންކުރުމުގެ މަސައްކަތުގައި ވަނީ ހަރަކާތްތެރިވެފައެވެ.

ރޭ މި ހާދިސާ ހިނގިއިރު އެހިސާބުގައި ރާޅުގަދަ ވުމާއެކު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ދޯނީގެ ވެރިފަރާތުންނާއި އެމްއެންޑީއެފް ކުޅުދުއްފުށި ޕޯސްޓުގައި މަސައްކަތްކުރާ ސިފައިން ގުޅިގެން އެދޯނީގެ އިންޖީނު ނެގުމުގެ މަސަައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ދޯނީގެ ބައިބައި ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ނޮދަން އޭރިއާ ކުޅުދުއްފުށީ ޕޯސްޓުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީގެ ނެރު ފައިކައްޓަށް މީގެ ކުރިން ވެސް ވަނީ އެކި ދޯނިފަހަރު އަރާ ތަފާތު ގެއްލުންތައް ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355