twitterviber whatsapp telegramfacebookyoutube instagram
18th May 2024

ވޯޓް ކަރުދާސް ޕްރިންޓް ކުރި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފި

Sep 12, 2013

– ހައްޔަރުކުރި ދެ މީހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ތިން ދުވަހުގެ މުއްދަތެއް ޖަހައިދީފަ

ވޯޓް ކަރުދާސް ޕްރިންޓް ކުރި މައްސަލާގައި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި މިއަދު ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ބެނިސަން، އަހުމަދު އަބުދުއްރަހްމާނެވެ.

އަދި ކުރިން މިމައްސަލަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ މާވިނަ، އަހުމަދު އާތިފެވެ.

ވޯޓު ކަރުދާސް ޕްރިންޓްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދުގެ މުއްދަތަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 3 ދުވަސް ވަނީ ޖަހައި ދީފަ އެވެ.

މިރޭ މުއްދަތު ޖެހުމުގެ މަޖިލީހުގައި ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް ވަނީ ވޯޓު ކަރުދާހުގެ އަސްލު، ފުލުހުން ބެލުމުގެ ދަށުން ކޯޓަށް ގެނެސް ދިނުމަށް ފުލުހުން ފަރާތުން އެދިލައްވާފައެވެ.

މިމައްސަލާގައި މި ދެމީހުންގެ ދިފާއީ ވަކީލެއް ގޮތުގައި ހަމަޖައްސާފައިވަނީ ގާނޫނީ ވަކީލް އަބުދުﷲ ހަސީނެވެ.

މިނޫހަށް އެނގިފައިވާގޮތުގައި އެ ކަރުދާސްކޮޅުތައް ޕްރިންޓް ކޮށްފައިވަނީ އެމްއޯސީ ބުކްޝޮޕުންނެވެ. އަދި ޕެންޑްރައިވް އަކަށް އަޅައިގެން ގޮސް މީގެ 15 ކަރުދާސްކޮޅެއް ޕްރިންޓްކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެދުވަހު ބައެއް ޓެކްސީ ތަކުން މީގެ ކަރުދާސްކޮޅު ތަކެއް ފެނިފައިވާ ކަމަށްވެސް އެނގިފައި ވެއެވެ.

މިމައްސަލާގައި ކުރިން ހައްޔަރުކުރި އާތިފްއަކީ ކުޅުދުއްފުށީ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރެވެ. 7 ސެޕްޓަމްބަރު ވަނަ ދުވަހު އާތިފް ހަރަކާތްތެރިވެފައި ވަނީ އަފީފުއްދީން ސްކޫލުގައި ބެހެއްޓި 8 ނަމްބަރު ވޯޓު ފޮށީގެ ”މިނިވަން 97″ ގެ މޮނީޓަރެއްގެ ގޮތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355