twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހދ އޭއީސީގެ ގްރޭޑް 5 ގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކޮށްފި

Sep 12, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ ގްރޭޑް 5 ގެ ދަރިވަރުން ކިޔެވުމާ ބެހޭ އަމަލީ ތަޖުރިބާ ހޯދުމަށް ކުޅިއަށް ޒިޔާރަތްކޮށްފި އެވެ.

މި ފީލްޑް ޓްރިޕާ ބެހޭ މައުލޫމާތު ދެއްވަމުން އޭއީސީގެ ގްރެޖުއޭޓު ލީޑިން ޓީޗަރ ހަސީނާ އިބްރާހިމް ވިދާޅުވީ ކުޅިއަށް ކުރި މި ޒިޔާރަތަކީ ގްރޭޑް 5 ގެ އީއެސްގައި ކިޔަވައި ދެއްވާ “މެންގުރޫވް” އާ ބެހޭގޮތުން މައުލޫމާތު ހޯދާ އެތަކެތި ހެދޭ ސަރަހައްދު ބަލާލާ ދަރިވަރުން އަމިއްލައަށް ކަންކަން ތަޖުރިބާ ކޮށްލަން ކުރި ޒިޔާރަތެއް ކަމަށެވެ.

އިއްޔެގެ މި ފީލްޑް ޓްރިޕްގައި ހުރިހާ މާއްދާއެއްވެސް ކިޔަވައިދިނީ މެންގުރޫވް އަށް ޚާއްސަކޮށްގެން ކަމަށާއި މި ޓްރިޕްގައި ގްރޭޑް 5 ގެ ހުރިހާ ޓީޗަރުންނާއި ބައެއް ބެލެނިވެރިން ބައިވެރިވިކަން ހަސީނާ ވިދާޅުވި އެވެ.

އިއްޔެ ކުރިއަށްދިޔަ މި ޓްރިޕަށް ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށްވެސް ހަސީނާ ވިދާޅުވި އެވެ.

މި ފީލްޑް ޓްރިޕްގައި އެ ސްކޫލުގެ ގްރޭޑް 5 ގެ 78 ދަރިވަރުންވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355