twitterviber whatsapp telegramfacebookyoutube instagram
2nd September 2025

ވޯޓް ކަރުދާސް ޕްރިންޓް ކުރީ ހޭލުންތެރި ކުރުވުމަށް: މަޖިލިސް މެމްބަރ ގަފޫރު

Sep 12, 2013

ރިޔާސި އިންތިހާބުގައި ވޯޓް ކަރުދާހާ ވައްތަރުގެ ވޯޓް ކަރުދާސްތަކެއް ޕްރިންޓް ކުރީ ހޭލުންތެރި ކުރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މެމްބަރު ގަފޫރު މިނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ވޯޓް ކަރުދާހާ ވައްތަރުގެ ކަރުދާސްކޮޅު ތަކެއް ޕްރިންޓް ކުރީ ދުވަސް ވީ މީހުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ. އޭނަ ވިދާޅުވީ ވޯޓް ކަރުދާހާ ވައްތަރުގެ ކަރުދާހަކީ ކޮންމެ އިންތިހާބެއްގައި ވެސް ޕާޓީތަކުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

“ވޯޓް ކަރުދާސް ޕްރިންޓް ކޮށްފައި އެހުރި ރައްޔިތުން، ހާއްސަ ކޮށް މުސްކުޅި ފުރާގެ ބޭފުޅުންނަން ދަސްކޮށް ދިނުމަށް. އެއީ ކޮންމެ އިންތިހާބެއްގައި ވެސް ކުރާ ކަމެއް” ގަފޫރު ވިދާޅުވި އެވެ.

އެކަރުދާހަކީ ވަގަށް ސިއްރުން ޕްރިންޓް ކުރި އެއްޗެއް ނަމަ “ޕަބްލިކް” ބުކްޝޮޕަކުން އެ ކަރުދާހެއް ޕްރިންޓެއް ނުކުރާނެކަން ފާހަގަކުރައްވާ އެމްޑީޕީ އޮފީހާއި ތަންތަނަން ވަދެ ފުލުހުން ހިންގާ ކަންތައް ތައް އޭނަ ވަނީ ކުށްވެރި ކުރައްވާފަ އެވެ.

ކުޅުދުއްފުށީގައި ވޯޓު ކަރުދާސްތަކެއް ޕްރިންޓްކުރި މައްސަލާގައި އެމްޑީޕީގެ ކުޅުދުއްފުށީ ކެމްޕެއިން މެނޭޖަރާއި އިތުރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ވޯޓު ކަރުދާސްތަކެއް ޕްރިންޓް ކޮށްފައިވަނީ ކުޅުދުއްފުށީ އެމްއޯސީ ބްކުޝޮޕުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355