twitterviber whatsapp telegramfacebookyoutube instagram
10th April 2026

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީ ކުރުމަށް މިއަދު ހުޅުވާލައިފި

Sep 12, 2013

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަލުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

ދެ ވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާ ފުރުސަތުގައި ރަޖިސްޓްރީ ނުކުރާ މީހުން ވޯޓްލާން ޖެހޭނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލީ ތަނަށް ކަމަށާއި އެ މީހުން އިތުރަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ.

އިލެކްޝަނުން މައުލޫމާތު ދޭ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 500 އަށްވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު އަލަށް ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355