twitterviber whatsapp telegramfacebookyoutube instagram
25th October 2025

ވަތަނިއްޔާ އަންލިމިޓެޑް ގޯލްޑް ތައާރަފް ކޮށްފި

Sep 15, 2013

ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ކުންފުނި ކަމަށްވާ ވަތަނިއްޔާ އިން “ޑަބްލިއު ޕޯސްޓްޕެއިޑް ގޯލްޑް” ނަމުގައި  ޚާއްޞަ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

ހިލޭ ގިނަ ހިދުމަތްތަކެއް ބޭނުން ކުރުމުގެ ފުރުސަތު ފަހިވެގެންދާ  މި ޕެކޭޖް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ކޯލާއި ހިލޭ އެސްއެމްއެސް އަދި ހިލޭ ޑޭޓާ އާއި ހިލޭ މިނެޓް އަދި އެންމެ އަގުހެޔޮ އައިޑީޑީގެ ޚިދުމަތް ލިބިގެންދާނެއެވެ.

އަލަށް ތައާރަފްކުރި މި ޕެކޭޖާއި ބެހޭގޮތުން ވަތަނިއްޔާއިން ބުނީ މިއާ ޕެކޭޖް މެދުވެރިކޮށް ހިލޭ 5000 މިނެޓް ކޯލް އަދި ހިލޭ އެސްއެމްއެސް ވަތަނިއްޔާ ނަންބަރުތަކަށް މުޅި މަހުގައި ކުރެވޭނެ ކަމަށާއި 1.5 ޖީބީގެ ޑޭޓާ އެލަވަންސް މިޕެކޭޖް މެދުވެރިކޮށް ލިބޭއިރު އިތުރަށް ބޭނުންކުރައްވާ ކޮންމެ އެމްބީއަކަށް ޗާޖްކުރާނީ 20ލ. ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ( އިންޑިޔާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޯރ، ސްރީލަންކާ)  1.69ރ. އަށް ގުޅޭނެ ކަމަށާއި އެހެން ނެޓްވޯކްތަކުގެ ނަންބަރުތަކަށް ގުޅަން ހިލޭ 100 މިނެޓް ލިބޭއިރު، ހިލޭ މިނެޓް ހުސްވުމުން ޗާޖްކުރާނީ މިނެޓަކަށް 55ލ. ކަމަށް ވެސް ވަތަނިއްޔާއިން ބުންޏެވެ.

ވަތަނިއްޔާގެ ޑަބްލިއު ޕޯސްޓްޕެއިޑް އަންލިމިޓެޑް ގޯލްޑް ޕެކޭޖް ރާއްޖޭގެ އެކިހިސާބުތަކުގައި ހުރި ވަތަނިއްޔާގެ ހުރިހާ ފިހާރަތަކުން ވެސް 499ރ. މަހުފީއަށް މިހާރު ލިބެން ހުންނާނެކަމަށް ވަތަނިއްޔާއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355