ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ވޭތުވެދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދިހަ ދަރިވަރުން ހޮވައިފި އެވެ.
ހދ އަތޮޅު ތައުލީމި މަރުކަޒުގެ މިދިޔަ އަހަރު އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދަފައިވަނީ އަހުމަދު އިބްރާހީމާއި، މުހައްމަދު މާއިދު އަބުދުލް މުހުސިނާއި، އަހުމަދު އަޒުހަރު މުހައްމަދު ޒުހައިރާއި، ނަޝާ ނިޒާރުގެ އިތުރުން އަރީޝާ އަބުދުލް ރަޝީދާއި، އަހުމަދު އަބުދުﷲ ނަސީރާއި، އައިމިނަތު ރައީފާ މުހައްމަދާއި އަހުމަދު މޫސާ އާއި ހަސަން ސަނާނު މުހައްމަދާއި ހދ ހިރިމަރަދޫ، ވިނަވި މުހައްމަދު އިހްސާން އެވެ.
މީގެ އިތުރުން 2012 ވަނަ އަހަރުގެ ފާހަގަ ކޮށްލެވޭ މަގާމުތައް ލިބިފައިވަ ދަރިވަރުންނަން ބަލާލައިރު ލިޓިލް މެއިޑް ވިތް ބެސްޓް އެކަޑަމިކް ޕަފޯމަންސް ވަނީ ދެ ދަރިވަރަކު ހޯދައިފައެވެ. އެއީ އަޒުލީނާ އަލީ އާއި ޝަމްހާ މޫސާ އެވެ. ކަބްސްކައުޓް ބެސްޓް އެކްޑަމިކް ޕަފޯމަންސް ހޯދައިވަނީ އާދަމް އާތިފް މުހައްމަދާއި އަހުމަދު އާދަމެވެ.
ޖަލާލުއްދީން ސްކޫލު ހޯލްގައި ރޭ ކުރިއަށް ދިޔަ އިނާމު ދިނުމުގެ މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އެސްކޫލުގެ އެންމެ މޮޅު ސްކައުޓް އެކަޑަމިކް ޕަފޯމަންސް ހޯދީ އަހުމަދު ސާމީ އަބޫބަކުރާއި އަހުމަދު އިބުރާހިމެވެ. އަދި އެންމެ މޮޅު ސްކައުޓް ގެ މަގާމު ހޯދައިފައިވަނީ ނަފްހާ އިބްރާހީމެވެ.
ހދ އަތޮޅު ތައުލިމި މަރުކަޒުގެ މިދިޔަ އަހަރު އެންމެ މޮޅު ކަބް ސްކައުޓަކަށް ހޮވިފައިވަނީ އަހުނަފް އިބްރާހީމެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓް މަގާމު ލިބުނީ އަތީމް އިބްރާހިމެވެ.
ސްކޫލަށް ރީތި ނަން ހޯދި ދެ ދަރިވަރަކަށް އެކަން ފާހަގަ ކޮށް ރޭގެ ޖަލްސާގައި ވަނީ ހާއްސަ އެވޯޑެއް ދީފައެވެ. އެގޮތުން އެ މަގާމު ހޯދައިފައިވަނީ ނަޝާ ނިޒާރާއި އަހުމަދު ޖައިލަމެވެ. މިދެރިވަރުން ވެސް ވަނީ މިދިޔަ އަހަރު، 16 ވަނަ އިންޓަރ ސްކޫލް މުބާރާތު އުމުރު ފުރާއިން 1 ވަނަ ހާސިލް ކޮށްފައެވެ.
މިޖަލްސާގެ ޝަރަފްވެރިމެހެމާނު ވިލާ ކޮލެޖްގެ ރިސާޗް އެންޑް އިނޮވޭޝަންސް ޑިރެކްޓަރ ޑރ އަލީ ފަވާޒު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުން އަމިއްލައަށް ކިޔެވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވައިލެއްވި އެވެ. އަދި ކޮންމެ ތަނަކު އުޅުނު ކަމުގައި ވިޔަސް ދިވެހިވަންތަ ދިވެއްސެއްގެ ގޮތުގައި އުޅުމާއި އިސްލާމެއްގެ ގޮތުގައި ހުރުމަށް އޭނާ ނަސޭހަތްތެރި ވެލެއްވި އެވެ.
ޑރ. އަލީ ވަފާޒު ރޭގެ ޖަލްސާގައި ދުލާ ގަލަމުގެ މިނިވަން ކަމުގެ މައްޗަށް ވެސް ވާހަކަ ދެއްކެވި އެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުއް ގަފޫރު މޫސާ އާއި ހދ އަތޮޅު ކައުސިލްގެ ބޭފުޅުންނާއި ރަށު ކައުންސިލްގެ ބޭފުޅުންގެ އިތުރުން ސްކޫލުގެ އިސްބޭފުޅުން ބައިވެރިވެޑަގަތެވެ.
[yass cats=38]