twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޅުދުއްފުށީގައި އޯޓިޒަމްއަށް އަހުލުވެރިކަން ހުރި މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަނީ

Sep 16, 2013

ހދ ކުޅުދުއްފުށީގައި އޯޓިޒަމްއަށް އަހުލުވެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުރާ ދިރާސާގައި ހަރަކާތްތެރިވާނެ ފަރާތްތައް ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

މިއަދު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ޕްރޮގްރާމަކީ 2014 ވަނަ އަހަރުގެ އޯޓިޒަމް އެވެއަރނެސް ހަފްތާ ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށް ޓީއާރުސީގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު (އަބްސީ) ވިދާޅުވި އެވެ. އަބްސީ ވިދާޅުވީ މި ޕްރޮގްރާމަކީ ކުޅުދުއްފުށީގެ ރައްޔިތުން އޯޓިޒަމަށް ހޭލުންތެރި މިންވަރު ބެލުމަށް ކުރާ ދިރާސާއަކަށް ވިލަރެސްވެރިން ތަމްރީން ކުރުން ކަމަށެވެ. މިގޮތުން މިއަދުގެ ޕްރޮގްރާމުގައި މި ރިސާޗުގައި ބޭނުންކުރާނެ ސުވާލުތައް ތައްޔާރުކުރުމާއި ޑޭޓާ ކަލެޓްކުރާނެ ގޮތް ދަސްކޮށްދީ ރިސާޗާއި ބެހޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނުން އޮތެވެ.

ކުޅުދުއްފުއްޓަކީ އޯޓިޒަމް ކުދިންގެ އަދަދު ގިނަ މުޖްތަމައެއްކަން ފާހަގަކުރައްވަމުން އަބްސީ ވިދާޅުވީ މިފަދަކުދިންނާމެދު މުޖްތަމައު ދެކޭގޮތާއި ލިބެންޖެހޭ އަޅާލުން ފުރިހަމައަށް ނުލިބުމަކީ އޯޓިޒަމް ކުދިންގެ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަންނަ އޮކްޓޯބަރު މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ރިސާޗުގައި މަސައްކަތްކުރާނެ 40 ވޮލަންޓިއަރުން މިހާރު ލިސްޓު ކުރެވިފައިވާ ކަމަށާއި ނަމަވެސް މަގުބޫލު ބައެއް ސަބަބުތަކާހުރެ މިއަދުގެ ޕްރޮގްރާމުގައި ބައިވެރިވެވުނީ 24 ބައިވެރިންނަށް ކަަމަށް އަބްސީ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި މިއަދު މައުލޫމާތު ދެއްވާ ސެޝަން ނަންގަވައިދެއްވީ ވިލާ ކޮލެޖުގެ ޑިރެކްޓަރ، ރިސާރޗް އެންޑް އިނުވޭޝަންސް ޑރ އަލީ ފަވާޒެވެ.

[yass cats=39]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355