twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކޮމްޕިއުޓަރުތައް ހެކް ކޮށްގެން މަހަކު ބައިލައްކަ ޑޮލަރު ހޯދަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި

Sep 16, 2013

އާޖެންޓީނާގައި ކޮމްޕިއުޓަރާއި ނެޓްވޯކްތައް ހެކް ކޮށްގެން މަހަކު ބައިލައްކަ ޑޮލަރު ހޯދަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

“ސުޕަ ހެކަރ” ނަމުން އާޖެންޓީނާގެ ފުލުން ނަންދެވިފައިވާ 19 އަހަރުގެ މިޒުވާނާ އަކީ އިންޓަނޭޝަނަލް މަނީޓްރާންސްފަރ ތައް ހިނގަމުންދާ ވަގުތުތަކުގައި ނެޓްވޯކްތައް ހެކް ކޮށްގެން ފައިސާ ނަގަމުން ދިޔަ މީހެކެވެ. މި ޒުވާނާއާއި އޭނާގެ ޓީމު މަސައްކަތް ކުރަމުން ދިޔައީ އާޖެންޓީނާގެ ބިއުނަސް އައިރިސްގައި ހުންނަ އޭނާގެ ބައްޕަގެ ގޭގެ ކޮޓަރިއެއްގެ ތެރޭގަ އެވެ. މީނާގެ ބައްޕައަކީ ވެސް ކޮމްޕިއުޓަރ އެކްސްޕާޓެކެވެ.

ފުލުހުން ބުނާ ގޮތުން އޭނާ ހޯދުމަށް ފުލުހުންނަށް 1 އަހަރު ދުވަސް ނެގި އެވެ. އަދި އޭނާ ފެނުމާއެކު މުޅި ސަރަހައްދުން ކަރަންޓް ވަނީ ދުއްވާލާފަ އެވެ.

މީނާ އަށް ތުހުމަތު ކުރެވިފައިވާ ކަންތައްތައް ކޯޓު މަރުހަލާގައި ސާބިތު ކުރެވިއްޖެނަމަ، 10 އަހަރަށް ވުރެ ކުރުނޫން މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. — ބީބީސީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355