twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެމްޑީޕީގެ “އާ ބާރެއް” ކެމްޕޭންގައި މަޖިލީހުގެ ރައީސް އެންމެ އުތުރުގެ ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި

Sep 16, 2013

އެމްޑީޕީގެ “އާ ބާރެއް” ކެމްޕޭން ހަރަކާތުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހއ އަދި ހދ އަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި %45 ތާއީދާއެކު އެމްޑީޕީއިން ދެވަނަ ބުރަށް ދަތުރު ކުރުމާއި ގުޅިގެން އެ ޕާޓީއަށް އިތުރު ތާއީދު ހޯދުމުގެ ގޮތުން ކުރައްވައި މިދަތުރުފުޅުގައި އިއްޔެ ވަނީ ހދ.ހަނިމާދޫއަށް ވަޑައިގެންފަ އެވެ.

އެމްޑީޕީގެ ކެމްޕޭން ޓީމުން ކުރާ މިދަތުރުގައި މިއަދު ޒިޔާރާތް ކުރާ ގޮތަށް ހަމަޖެހިފައިވަނީ ހއ. ތުރާކުނު، ހއ. އިހަވަންދޫ، ހއ. އުލިގަމު އަދި ހއ. ހޯރަފުއްޓަށެވެ.

މި ދަތުރު ނިންމެވުމުގެ ގޮތުން  މާދަމާ ހއ. މާރަންދޫ، ހދ. ނެއްލައިދޫ، ހދ. ނޭކުރެންދޫ އަދި ހދ. ވައިކަރަދޫއަށް ޒިޔާރާތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ މެމްބަރ މުޙައްމަދު ޝިފާޒާއި، ކެލާ ދާއިރާގެ ޑީއާރޕީގެ މަޖިލިސް މެމްބަރ ޑރ. މައުސޫމާއި، ޑީއާރުޕީގެ މެމްބަރު ޢަލީ ޝަރީފާއި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ޢަލީ ޝިޔާމާއި އަދި ކެމްޕެއިންގެ ބައެއް އިސް  ފަރާތްތަކުން ބައިވެރިވެލައްވާ މި ދަތުރުފުޅުގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ބައްލަވައި ކަންމަތީ ބައްދަލުވުންތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންތައްތައް އޮޅުންފިލުވައިދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355