twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކޭބަލް ޕްލަސް އިން ދެމުން ގެންދާ ކޭބަލް ޓީވީގެ ހިދުމަތް ޑިޖިޓަލް ކޮށްފި

Sep 17, 2013

ކޭބަލް ޕްލަސް އިން ދެމުން ގެންދާ ހިދުމަތްތައް ޑިޖިޓަލް ކޮށްފި އެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޭބަލް ޕްލަސް އިން ދެމުންގެންދާ ޚިދުމަތްތައް ޑިޖިޓަލް ކޮށްފައި މިވަނީ ޒަމާނީ ފެންވަރުގައި ކޮލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްކަމަށް ކޭބަލް ޕްލަސްއިން ހާމަކުރެއެވެ.

ކޭބަލް ޕްލަސްގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުން ކޮންމެގެއަކުންވެސް ޑިކޯޑަރެއް ގަންނަންޖެހޭނެ ކަމަށާއި މިޑިކޯޑަރު މިހާރު ކޭބަލް ޗޮއިސް އަދި ކޭބަލް ޕްލަސްއިން ލިބެންހުންނާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ. މިގޮތުން ޔޫއެސްބީ މެދުވެރިކޮށް ރިކޯޑުކުރުމުގެ ފުރުސަތު ލިބިގެންދާ އެޗްޑީ ޑިކޯޑަރެއްގެ އަގަކީ 1500 ކަަމަށާއި އާދައިގެ އެސްޑީ ޑިކޯޑަރެއްގެ އަގަކީ 1000 ރުފިޔާ ކަމަށްވެސް ކޭބަލް ޕްލަސްއިން ހާމަކުރެއެވެ.

މީގެ އިތުރުން ދެ ޕެކޭޖެއް ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މަހަކު 150 ރުފިޔާ ދައްކަންޖެހޭ 40 ޗެނަލް ދޫކުރާ ޕެކޭޖަކާއި 100 ރުފިޔާގެ 32  ޗެނަލް ލިބޭ ޕެކޭޖެއް ކަމަށްވެސް ކޭބަލް ޕްލަސްއިން މައުލޫމާތުދެއެވެ.

ކޭބަލް ޕްލަސްއިން ބުނީ ޖެނުއަރީ 1 އިން ފެށިގެން އެނަލޮގު ޚިދުމަތް މެދު ކަނޑާލާނެ ކަމަށާއި މި މުއްދަތުގެ ކުރިން ޑިކޯޑަރު ގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ފަހުން އެއްވަގުތެއްގައި ހުރިހާ ފަރާތްތަކުން މިކަން ކުރަން އުޅުމުން ދަތިތަކަކާއި ކުރިމަތިވާނެކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ކޭބަލްޕްލަސްއިން އިތުރަށްބުނީ މިދުވަސްވަރު އެނަލޮގު ޚިދުމަތް ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތި ވުމަކީ އެކަށީގެންްވާ ކަމެއްކަމަށާއި މިފަދަ ކަންކަމަށް ނިހާޔަތަށް މައާފަށްއެދޭކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބިލައްވާ އެއްބާރުލުން ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355