twitterviber whatsapp telegramfacebookyoutube instagram
12th May 2025

އަފީފުއްދީން ސްކޫލުގެ މިނީ ފުޓުބޯޅަ މުބާރާތް ފަށައިފި

Sep 17, 2013

އަފީފުއްދީން ސްކޫލްގެ މިނީ ފުޓުބޯޅަ މުބާރާތް ފަށައިފި އެވެ.

އެ ސްކޫލްގެ ހަތަރު ހައުސްގެ މެދުގައި އިއްޔެ ފެށުނު މި މުބާރާތް ޝަރަފުވެރި ކޮށްދެއްވީ އަފީފުއްދީން ސްކޫލްގެ ކުރީގެ ސްޕޯޓްސް ސުޕަވައިޒަރ އިބްރާހިމް އައްބާހެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުވުނު ފުރަތަމަ މެޗްގައި އަމީނީ ހައުސްއާއި ފަރީދީ ހައުސް ބައްދަލު ކޮށް 2 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ އަމީނީ ހައުސް އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމީނީ ހައުސްގެ އިބްރާހިމް ތިފާހެވެ.

އަދި އިއްޔެ ކުޅެވުނު ދެވަނަ މެޗް ގާޒީ ހައުސްއިން ކާމިޔާބު ކޮށްފައިވަނީ މަޖީދީ ހައުސްއާ ބައްދަލުކޮށް 3 ލަނޑު 1 ލަނޑުންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގާޒީ ހައުސްގެ މުހައްމަދު ނާއިލް އެވެ.

އަފީފުއްދީންގެ ގުރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންގެ މެދުގައި ކުޅުވޭ މި މުބާރާތް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނާއި އެންމެ ގިނަ ލަނޑު  ޖަހާ  ކުޅުންތެރިޔާ  ހޮވުމަށް ހަމަޖެހިފައިވާކަމަށްވެސް އެސްކޫލުން މައުލޫމާތު ދެއްވައެވެ.

މި މުބާރާތަށް އިނާމް ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355