twitterviber whatsapp telegramfacebookyoutube instagram
10th April 2026

ހަލުވި ކަމާއެކު ފެތުރެމުންދިޔަ ޓައިފޮއިޑް ރޯގާ ވަނީ ކޮންޓުރޯލް ކުރެވިފައި: ޕަބްލިކް ހެލްތު

Sep 19, 2013

ކުޅުދުއްފުށީގައި ހަލުވި ކަމާއެކު ފެތުރެމުންދިޔަ ޓައިފޮއިޑު ރޯގާ ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ޕަބްލިކު ހެލްތު ޔުނިޓުން ހާމަކޮށްފި އެވެ.

އެޔުނިޓުން ބުނީ މިހުން ހަލުވިކަމާއެކު ފެތުރެން ފެށީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި އެމަހު މި ހުން ޖެހިގެން 21 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި ހުސްވި އޮގަސްޓު މަހު 27 މީހަކު ޓައިފޮއިޑު ހުން ޖެހިގެން ދައްކާފައިވާ ކަމަށާއި އެހެން ނަމަވެސް މިހިނގާ ސެޕްޓެމްބަރުގެ މިހާތަނަށް ހުން ޖެހިގެން ދައްކާފައިވަނީ 6 މީހުން ކަމަށެވެ.

މިހުން ޖެހުމުން ވަރުބަލިވެ ބަނޑާއި ބޮލުގައި ރިއްސާ ހޮޑުލެވުން ފަދަ ކަންތައްތައް ދިމާވާނެ އެވެ. އަދި ދިޔާކޮށް ގިނައިން ބޮޑުކަމުދެވި ބައެއްފަހަރު ގައިގާ ރަތް ފިތްތަކެއް ނެގުމަކީވެސް މިބަލީގެ އަލާމާތެކެވެ. ޖަރާސީމަކުން ޖެހޭ މިބަލި ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި ތަރުކާރީ ފަދަ ތަކެތިން ފެތުރިގެން ދިޔުމަކީ ނުހަނު ގާތް ކަމެކެވެ.

މިބަލިން ރައްކާތެރިވުމަށް ކާބޯތަކެއްޗާއި ތިމާ ދިރިއުޅޭ މާހައުލު ސާފުތާހިރުކަންމަތީ ބޭއްވުމަކީ ނުހަނު ބޭނުން ތެރިކަމެއް ކަމަށް ޕަބްލިކް ހެލްތުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355