twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެމްޑީޕީގެ ކެމްޕޭނާ ގުޅުން ހުރި ތަކެތި ރައްދުކޮށްދިނުމަށް އެދެފި

Sep 17, 2013

ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެމްޑީޕީގެ ކެމްޕޭނާ ގުޅުން ހުރި ތަކެތި ރައްދުކޮށްދިނުމަށް އެޕާޓީން އެދެފި އެވެ.

ވޯޓު ކަރުދާސް ޕްރިންޓުކުރި ކަމުގެ ތުހުމަތުގައި މިމަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށީ އެމްޑީޕީ އޮފީސް ފާސްކުރިކުރުމުގައިފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކޮމްޕިއުޓަރ ސިސްޓަމްގެ އިންޓާނަލް ހާޑް ޑިސްކު އަނބުރާ ރައްދުކޮށްދިނުމަށް އެދިފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްއަށް އެޑްރެސްކޮށް ފޮނުވި ސިޓީއަކުންނެވެ. އެހާޑް ޑިސްކް ރައްދުކޮށްދިނުމަށް އެދިފައިވަނީ އެއިން ހޯއްދަވަން އުޅުއްވާ ޚާއްސަ މައުލޫމާތެއް ނުވަތަ ހެއްކެއް ކަމުގައިވިޔަސް ހޯދުމަށް އެކަށީގެންވާ މުއްދަތެއް ދެވިފައި ވާތީއާއި، އިތުރަށް އެހާޑް ފުލުހުންގެ އަތުގައި އޮތުމަކީ އެމްޑީޕީގެ ކެމްޕެއިން ކުރިޔަށް ގެންދިއުމަށް އޮތް ހުރަހަކަށްވާތީކަމަށްވެސް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހާޑް ޑިސްކަކީ  ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ފަރާތުން ބޭނުންކުރާ އަދި ކުރަން ގަސްދުކުރާ ކެމްޕެއިން މެޓީރިއަލް ތަކުގެ ސޮފްޓް ކޮޕީއާއި މުހިއްމު ކިތަންމެ މައުލޫމާތުތަކެއް ރައްކާކުރެވިފައިވާ ހާޑް ޑިސްކެއްކަމަށް އެމްޑީޕީއިން ހާމަކުރެއެވެ.

ޕާޓީގެ ކެމްޕެއިނަށް ހުރަސްއެޅޭފަދަ ކޮންމެ ކަމަކީ  އިންތިޚާބީ ހައްގައް އުނިކަން އަންނާނެ ކަމެއްކަމަށާއި އެފަދަ ކަމެއްކުރުމަކީ ރިޔާސީ އިންތިޚާބުގެ ގަވާއިދު 2013 އާއި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނާއި އަދި ޤާނޫނުއަސާސީގައި މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްކަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުވާފައިވާ މިސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355