twitterviber whatsapp telegramfacebookyoutube instagram
4th May 2024

އަފީފުއްދީން ސްކޫލުގެ މިނީ ފުޓުބޯޅަ މުބަރާތުގެ ޗެމްޕިއަންކަން ޣާޒީ ހައުސް ހޯދައިފި

Sep 20, 2013

އަފީފުއްދީން ސްކޫލުގެ މިނީ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން ޣާޒީ ހައުސް ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި އަމީނީ ހައުސް އާ ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ދެޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ޣާޒީ ހައުސް މޮޅުވީ 5 ލަނޑު 4 ލަނޑުން ނެވެ.

މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ފަރީދީ ހައުސްގެ ޖޯޒީ ނަންބަރު 11 އަލީ ޔާމިން ހަސަނެވެ. މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަން ހޮވިފައިވަނީ އަމިނީ ހައުސް ގެ އަލީ އަޝްފާގު އަހުމަދާއި އެހައުސްގެ ހުސެން މުހައްމަދާއި ޣާޒީ ހައުސްގެ މުހައްމަދު ނާއިލް އަދި އިބުރާހިމް ޒައިން މުހައްމަދާއި މަޖީދީ ހައުސްގެ ނިޒާމް އަލީގެ އިތުރުން ފަރީދީ ހައުސްގެ މުހައްމަދު އާދަމެވެ.

މިމުބާރާތުގެ ހާއްސަ ވަނަތަކަށް އިނާމް ހަވާލު ކޮއްދެއްވީ އަފީފުއްދީން ސްކޫލުގެ ކުރީގެ ސްޕޯޓް ސްޕަވައިޒަރ އިބްރާހިމް އައްބާސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355