twitterviber whatsapp telegramfacebookyoutube instagram
8th July 2025

އައިޕީސްގެ ބޭބީ ނާސަރީ އަދި ނަސަރީގެ ދަރިވަރުންގެ ސްޕޯޓްސް މީޓް ފަށައިފި

Sep 21, 2013

ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލް (އައިޕީއެސް)ގެ ނާސަރީ އަދީ ބޭބީ ނާސަރީ ދަރިވަރުންގެ ސްޕޯޓްސް މީޓް އިއްޔެ ފަށައިފި އެވެ.

ޒޯން ސްޓޭޑިއަމްގައި ހުކުރު ދުވަހު ފެށި މި ސްޕޯޓް މީޓްގައި ނާސަރީ އާއި ބޭބީ ނާސަރީގެ ޖުމްލަ 165 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އައިޕީއެސް އިން މައުލޫމާތު ދެއެވެ.

މި ސްޕޯޓްސް މީޓްގައި އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ ބޭބީ ނާސަރީގެ ދަރިވަރުންގެ ކުޅިވަރުތަކެވެ. އެގޮތުން ތަފާތު 6 ގޭމެއް ކުރިއަށް ގެންދިޔައެވެ.

މި ސްޕޯޓްސް މީޓުގެ ނާސަރީ ދަރިވަރުންނަށް ޚާއްސަކޮށްގެން 9 ކުޅިވަރެއް ބާއްވައެވެ.

ސްޕޯޓްސް މީޓް ވަނަތައް ހޯދި ދަރިވަރުންނަން މެޑެލް އާއި ސެޓްޕިކެޓް ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހެމާން އަފީފުއްދީން ސްކޫލުގެ ގުރެޖުއޭޓް ޓީޗަރ އަހުމަދު މޫސާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355