twitterviber whatsapp telegramfacebookyoutube instagram
4th May 2024

މަރާމާތައް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އަމީރު އަމީން ސްކޫލުން ޖަމްބަލް ސޭލްއެއް ބާއްވައިފި

Sep 21, 2013

އަމީރު އަމީން ސްކޫލުގެ މަރާމާތައް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އެ ސްކޫލުން އޭތިމީތި ސޭލްއެއް ބާއްވައިފި އެވެ.

ފަސް ސްޓޯލާއެކު ކުރިއަށް ގެންދިޔަ މި ސޭލްއިން 25567 ރުފިޔާ ލިބިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. މި ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އެ ސްކޫލުގައި ކުރަން ޖެހިފައިވައި ބައެއް މަރާމާތުތައް ކުރުމަށާއި ކުދިންގެ ކުރިއެރުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

އަމީރު އަމީން ސްކޫލުގައި ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ މި ސޭލްގައި ވިއްކާފައިވަނީ ކާބޯތަކެއްޗާއި ފޭރާމުގެ ބާވަތްތަކެވެ. މި ސޭލުގެ ސްޓޯލްތައް ހުޅުވައިދެއްވާފައި ވަނީ ކުޅުދުއްފުށީ ކައުންސިލް މެމްބަރ އަލީ އާދަމް އާއި ކައުންސިލް މެމްބަރ އަބްދުއްޝުކޫރާއި ހދ.އަތޮޅު ކައުންސިލްގެ މެމްބަރ މުހައްމަދު ޝުކޫރާއި އެމްޕީއެލް ކުޅުދުއްފުށީ ޕޯޓްގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު އަހުމަދާއި ކުޅުދުއްފުށީ ޕޯޓްގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ހަސަނެވެ.

މި ސޭލް ހިނގަމުން ދިޔައިރު އެ ސްކޫލުގައި ފަންޑް ފޮއްޓެެއްވެސް ހުޅުވާފައެވެ. މި ފަންޑު ފޮށި ހުޅުވައިދެއްވީ އަމީރު އަމީން ސްކޫލްގެ ބޯޑް މެމްބަރ ހަސަން އިބްރާހިމެވެ. މި ފަންޑް ފޮށި ދާއިމީ ގޮތެއްގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ހާއްސަ ދުވަސް ދުވަހު މި ފޮށި ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

އޭތިމީތި ސޭލް ބޭއްވުމުގައި އަމީރު އަމީންގެ ޕީޓީއޭއިންނާއި މަންދޫބުން އަދި އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން އެސްކޫލުން ފާހަގަ ކުރައްވައެވެ. އެގޮތުން މި އޭތިމީތި ސޭލްގައި ބެލެނިވެރިންގެ އާރޓް ގެލެރީއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355