twitterviber whatsapp telegramfacebookyoutube instagram
4th May 2024

ސީ.އެމް.ޑީ.އޭގެ ޓްރެއިނިންގް އިންސްޓިޓިއުޓްގެ ހިންގުން ވިލާ ކޮލެޖާ ހަވާލުކޮށްފި

Sep 22, 2013

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ޓްރެއިނިންގް އިންސްޓިޓިއުޓް ކަމަށްވާ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (އައި.ސީ.ޑީ.އެސް ) ހިންގުން ވިލާ ކޮލެޖާ ހަވާލުވުމާއި ގުޅިގެން އައި.ސީ.ޑީ.އެސް ގެ ބޯޑުގެ އިފްތިތާޙީ ބައްދަލުވުން ބާއްވާ އެ އިންސްޓިޓިއުޓުގެ ބޯޑު އެކުލަވާލައިފި އެވެ.

އައިސީޑީއެސްގެ ބޯޑުގައި ވިލާކޮލެޖުގެ ފަރާތުން ހިމެނެނީ، ބޯޑުގެ ޗެއަރމަން، ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު އަދި ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް އޮފް ރިސާރޗް އެންޑް އިނޮވޭޝަންގެ ޑިރެކްޓަރް ޑރ. އަލީ ފަވާޒް ޝަރީފް އެވެ. އަދި ސީއެމްޑީއޭގެ ފަރާތުން ބޯޑުގައި ހިމެނެނީ ސީ.އެމް.ޑީ.އޭ ގެ ސީ.އީ.އޯ ފާތިމަތު ޝަފީޤާ އަދި ސީ.އެމް.ޑީ.އޭގެ ސީނިއަރ މެނޭޖަރ، ލީގަލް އެފެއަރޒް އެންޑް ކޯޕަރޭޓް ގަވަރނަންސް މެނޭޖްމަންޓް، މަހުޒޫމް ސަލީމެވެ.

މީގެ އިތުރުން މިނިވަން މެމްބަރުންގެ ގޮތުގައި ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ޑިރެކްޓަރ ފާތިމަތު އާމިރާ އާއި، އިސްލާމިލް ފައިނޭންސް ކޮންސަލްޓެންޓެއް ކަމަށްވާ ޑރ.އައިޝަތު މުނީޒާ އަދި އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އާރޓްސްގެ ޑީން އަބްދުއް ރަޝީދު ޢަލީއެވެ.

މި އިންސްޓިޓިއުޓުގެ ބޯޑު އެކުލަވާލުމާ ގުޅިގެން ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބޯޑު ޑިރެކްޓަރުންނާއި ސެކްރެޓަރީންނަށް ހިންގޭ ޓްރެއިންނިން ޕްރޮގަރާމްތައް އަވަސް މުސްތަޤްބަލެއްގައި ފެށުމަށް ހަމަޖެހިފައި ވާކަމަށް ވިލާ ކޮލެޖުން ބުނެ އެވެ. އަދި އި އައި.ސީ.ޑީ.އެސްގެ ކޯސްތަކަށް ވިލާކޮލެޖުގެ ފަރާތުން ވަރަށްއަވަހަށް އިޢުލާން ކުރާނެ ކަމަށްވެސް ވިލާކޮލެޖުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355