twitterviber whatsapp telegramfacebookyoutube instagram
2nd September 2025

ކުޅުދުއްފުށީ އަދާލަތު ޕާޓީގެ ޖަގަހަ ތެރެއަށް ސިހުރު ލިޔެފައިވާ ކިހާކެއް އެއްލައިފި

Sep 22, 2013

ކުޅުދުއްފުށީ އަދާލަތު ޕާޓީގެ ޖަގަހަ ތެރެއަށް ސިހުރު ލިޔެފައިވާ ކިހާކެއް ރޭ ދަންވަރު ބަޔަކު އެއްލައިފި އެވެ.

ކުޅުދުއްފުށީ އަދާލަތު ޕާޓީގައި އިސްކޮށް އުޅޭ މުހައްމަދު މޫސާ ބުނީ ބަޔަކު ރޭ ދަންވަރުގެ ވަގުތެއްގައި “ސިހުރު” ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކިހާކެއް އަދާލަތު ޕާޓީގެ ޖަގަހަ ތެރެއަށް އެއްލިކަމަށެވެ. ދަންވަރު ޑިއުޓީ ގައި ވެސް މީހުން ތިބޭ މިޖަގަހަ އަށް ކިހާ އެއްލި އިރު ވޮޗަރު އޮތީ ނިދާފަކަމަށްވެސް މުހައްމަދު ބުންޏެވެ.

ކިހާ އެއްލި ސީދާ ވަގުތު ނޭނގުނު ކަމުގައި ވިޔަސް ކިހާ އެއްލަފައިވަނީ ދަންވަރުގެ ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ. އަދާލަތު ޕާޓީގެ ޖަގަހަ ތެރެއަށް އެއްލި މި ކިހާކުގައި 2 ސޫރަ އެއް ކުރަހާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355