twitterviber whatsapp telegramfacebookyoutube instagram
11th August 2026

ނަޝީދާ ދެކޮޅަށް ވޯޓުލީ އެންމެން ޔާމީނަށް ވޯޓް ދޭނެ: ޕީޕީއެމް

Sep 23, 2013

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުހައްމަދު ނަޝީދާ ދެކޮޅަށް ވޯޓުލީ އެންމެން ޔާމީނަށް ވޯޓް ދޭނެ ކަމަށް ޕީޕީއެމް އުތުރުގެ ކެމްޕޭން ކޯޑިނޭޓަރު ނާއިފް ޝައުކަތު ހާމަކޮށްފި އެވެ.

އެގޮތުން ޕީޕީއެމްގެ އުތުރުގެ ކެމްޕޭން ކޯޑިނޭޓަރު ވިދާޅުވީ ހދ އަތޮޅުން 60 އިންސައްތައަށް ވުރެން ގިނަ ވޯޓް ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީނަށް ލިބޭނެ ކަމަށެވެ.

ޕީޕީއެމްގެ ކެމްޕޭން ކޯޑިނޭޓަރ ނާއިފް  ވިދާޅުވީ އުތުރުގެ އަތޮޅުތަކުން އިތުރު ޕާޓީތަކުގެ މީހުން ޕީޕީއެމްގެ ކެމްޕޭނާ ގުޅެމުންދާ ކަމަށާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ބޭފުޅުންގެ ތާއީދުވެސް ޔާމިނަށް ލިބިފައިވާ ކަމަށެވެ.

ނާއިފް އިތުރަށް ވިދާޅުވީ  ޑީއާރުޕިގެ ބޮޑުން  އެމްޑީޕީއަށް ވޯޓް ދިނުމަށް ނިންމައިފައިވީ ނަމަވެސް  އެހެން އަތޮޅު ތަކެކޭ އެއްފަދައިން ބޮޑު ތިލަދުންމަތީގައި ތިއްބެވި ޑީއާރުޕީގެ އާންމު މެމްބަރުންވެސް ޔާމީނަށް ވޯޓް ދޭނެކަން ހާމަކުރަމުންދާކަމަށާއި އަދި ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގައިވެސް ބައިވެރި ވަމުންދާކަމަށެވެ. އަދި މިހާރު ކެމްޕޭން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި ވޯޓް އިތުރުކުރުމަށްޓަކައި ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދާކަމުގައި އޭނާ ވީދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށިން ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބިފައިވަނީ 24 އިންސައްތަ ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355