twitterviber whatsapp telegramfacebookyoutube instagram
8th July 2025

ސުޕްރީމް ކޯޓުން ވަނީ ރައްޔިތުން ލީވޯޓް ވަގަށް ނަގާފަ: އެމްޑީޕީ އުތުރުގެ ކެމްޕެއިން ކޯޑިނޭޓަރ

Sep 24, 2013

ގާނޫނުތަކާ އެގޮތަށް ފަސް އަހަރު ހަމަވުމުން، 7 ސެޕްޓެމްބަރުގައި ރާއްޖޭގެ ރައްޔިތުން ލީ ވޯޓް ސްޕްރީމް ކޯޓުން ވަނީ ވަގަށް ނަގާފައި ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އަދި އެމްޑީޕީ އުތުރުގެ ކެމްޕެއިން ކޯޑިނޭޓަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި “ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް” ކެމްޕެއިންގެ ކަންމަތީ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ “ޤާނޫނާ އެއްގޮތަށް  ފަސް އަހަރު ހަމަވެގެން ވޯޓަކާ ހިސާބަށް ދިއުމުން ރައްޔިތުން ލީ ވޯޓު މިފެންނަނީ ސްޕުރީމް ކޯޓުން ވަގަށް ނަގައިގެން އުޅޭތަން” ކަމަށެވެ.

ޝިފާ ވިދާޅުވީ އެމްޑީޕީ ނިކުތީ މިރާއްޖޭގެ ކޯޓްތަކުގެ ނިންމުން ތަކަކީ އިންސާފުވެރި ނިންމުން ތަކަކަށް ނުވާތީ މިރާއްޖޭގައި އިންސާފު ޤާއިމް ކުރުމަށަށެވެ. އަދި ސްޕްރީމް ކޯޓުގެ ނިންމުންތަކަކީ ބޭއިންސާފު ނިންމުން ތަކަކަށް ވާތީ އެކަން ވެސް ރަގަޅު ކުރުމަށް ކަމަށެވެ.

ދާދިފަހުން ޕީޕީއެމް ދޫކުރައްވާ އެމްޑީޕީއާ ގުޅުނު ޕީޕީއެމް އަސުރުމާ ގޮފީގެ ކުރީގެ ރައީސް ވެސް މިޖަލްސާގައި ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމް ތަފާތު ބޮޑުކަމަށާއި އެމްޑީޕީގެ އިސްވެރިންނާއި ކޮންމެ ރައްޔިތަކާ ފަސޭހަކަމާއެކު ބައްދަލު ކުރެވި ވާހަކަ ދެކޭވޭކަމަށެވެ.

މިޖަލްސާގައި އެމްޑީޕީގެ އުތުރުދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދާއި ހދ ކައުންސިލް މެމްބަރު އަބުދުއްޝަކޫރު ވާހަކަ ދެއްކެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355