ކުޅުދުއްފުށީގައި ޕީޕީއެމް އިން ބޮޑުބެރު ޝޯ ތަކަކާއެކު ޑޯޓްޑޯ ކެމްޕެއިނެއް ފަށައިފި އެވެ.
ކުޅުދުއްފުށީ ޕީޕީއެމްގެ އިސް މެމްބަރެއް ކަމަށްވާ އައިމިނަތު މަޖީދާ މި ކެމްޕޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވީ މިއީ ރަށުގެ ކަނޑައެޅިފައިވާ ވަކި ސަރަހައްދު ތަކުގައި އެޕާޓީގެ ފަރާތުން ބޮޑުބެރު ޝޯ ތަކެއް ކުރިއަށްދާ ވަގުތު އެސަރަހައްދުގެ ގެތަކަށް ޒިޔާރަތްކޮށް ޕީޕީއެމްގެ ސިޔާސަތުތައް ރައްޔިތުންނަން ހިއްސާ ކުރާ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މަޖީދާ ވިދާޅުވީ އެގޮތުން އިއްޔެ ވަނީ ކުޅުދުއްފުށީގެ ދެ ސަރަހައްދެއްގައި މިހަރަކާތް ކުރިއަށް ގެންގޮސްފައިކަމަށާއި ކުޅުދުއްފުށީގައި ޕީޕީއެމްގެ ކެމްޕެއިން ތައް ވަރުގަދަކޮށް، ހަލުވިކަމާ ފޯރީގައި ކުރިއަށްދާ ކަމަށެވެ.