twitterviber whatsapp telegramfacebookyoutube instagram
10th April 2026

އަފީފުއްދީން ސްކޫލް ސްޕޯޓްސް މީޓްގެ ޗެމްޕިއަންކަން ޣާޒީ ހައުސް ހޯދައިފި

Sep 26, 2013

އަފީފުއްދީން ސްކޫލްގެ ގުރޭޑް 1،2 އަދި 3 ގެ ދަރިވަރުންގެ ސްޕޯޓްސް މީޓްގެ ޗެމްޕިއަންކަން ޣާޒީ ހައުސްއިން ހޯދައިފި އެވެ.

މި ސްޕޯޓްސް މީޓްގެ ދެވަނަ ހައުސްއަކަށް ހޮވުނީ ފަރީދީ ހައުސް އެވެ. އަދި ތިންވަނަ ހައުސްއަކީ އަމީނީ ހައުސް އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި ސްޕޯޓްސް މީޓްގައި ތިން ގުރޭޑުން 160 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ ގުރޭޑް އެކެއްގެ 57 ދަރިވަރުންނާއި ގުރޭޑް ދެއަކުން ބައިވެރިވި 61 ދަރިވަރުންނާއި ގުރޭޑް ތިނަކުން ބައިވެރިވި 42 ދަރިވަރުންނެވެ.

މި މީޓްގައި އިއްޔެ ވަކި ވަކި ކުދިންގެ ކުޅިވަރުތައް ކުރިއަށް ގެންދިޔަ އިރު މިއަދު ވަނީ ގުރޫޕު ކުޅިވަރުތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދުވުމުގެ އެކިއެކި ރޭސްތަކާއި ގޯނިރޭހާއި ބޯލް ތުރޯވިން ކަހަލަ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

މި ސްޕޯޓްސް މީޓުން ވަނަވަނައަށް ދިޔަ ކުދިންނާއި މެޑެލް ހަވާލު ކޮށްދީފައިވަނީ ސްކޫލްގެ ބޯޑް މެމްބަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންނެވެ.

ސްޕޯޓްސް މީޓްގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އަފީފުއްދީން ސްކޫލްގެ ގުރޭޑް އަށެއް އަދި ނުވައެއްގެ ދަރިވަރުުންނެވެ. މި ސްޕޯޓް މީޓް ބޭއްވުމުގައި ޒޯން ސްޓޭޑިއަމާއި ސްކޫލުގެ ޓީޗަރުންގެ ފަރާތުން ލިބުނު އެއްބާރުލުން އެސްކޫލުން ފާހަގަ ކުރައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355