twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ޝުކޫރު އެމްޑީޕީގެ ޖަލްސާއެއްގައި ބޭއަދަބީ ބަހުން ވާހަކަ ދައްކަވައިފި

Sep 26, 2013

ހދ އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ޝުކޫރު އެމްޑީޕީގެ ޖަލްސާއެއްގައި ބޭއަދަބީ ބަހުން ވާހަކަ ދައްކަވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ނިސްބަތްވާ މެމްބަރު ޝުކޫރު ވަނީ މިހާރު އަބަދުވެސް އަޑުއިވެމުންދަނީ ލާދީނީ ވާހަކަ ކަމަށާއި “ނުލާދީނީ” މީހުން ވަކި ކަމެއް ނުކުރި ކަމުގައިވީނަމަވެސް (އެހެން ކަމެއްގެ މާނަ ދޭހަވާފަދަ އިބާރާތެއް) “ނުލާދީނީ” މީހުން މާބަނޑުވެ ވިހަމުން ދާ ކަމަށެވެ.

“ކުޅުދުއްފުށީގައި ވެސް އެއް އަޑަށްކަށް އިވެމުން މިދަނީ ލާދީނީގެ ވާހަކަ އެކަމަކު ކޮބާތޯ ނުލާދީނުގެ ޕާޓީގެ ބޭފުޅުން. ނުލާދީނުގެ ބޭފުޅުންގެ ޕާޓީ ދަނީ މާބަނޑުވެ ވިހަމުންނޭ. ނުލާދީނުގަ ތިއްބެވި އިރުވެސް. އަޅުގަނޑުމެން މިތިބީ ލާދީނުގަ (އުނިކުރެވިފައި)” ޝުކޫރު ވިދާޅުވި އެވެ.

ޝުކޫރު އެވާހަކަ ދައްކަވަން ފެއްޓުމުން އެމްޑީޕީގެ ބައެއް އިސް އެކްޓިވިސްޓުން އެކަން ހުއްޓުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޝުކޫރު އެވާހަކަ ވަނީ ތަކުރާރު ކޮށްފައެވެ. އަދި ޝުކޫރު އެވާހަކަ ދެއްކެވުމަށްފަހު ވިދާޅުވީ މި ޕޯޑިއަމް މިއޮތީ ސިޔާސީ ގޮތުން ގަނެފައި ކަމަށާއި މިވަގުތު ދައްކާ ހުރިހާ ވަހަކަ ތަކަށް އޭނާ ޒިންމާވެ ވަޑައިގަންނަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ފަރާތްތަކުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޕާލަމެންޓް މެމްބަރު އަބްދުﷲ އަބްދުއްރަހީމް މަޖިލީހުގެ ރައީސާ ދިމާއަށް އަވަގުރާނަ ވަނީ ގޮވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355