twitterviber whatsapp telegramfacebookyoutube instagram
8th July 2025

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އާއި ކާޑުގެ ޚިދުމަތް އަޕްގްރޭޑް ކުރަނީ

Sep 30, 2013

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގގެ ޚިދުމަތާއި ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްދާ މަޝްރޫޢުގެ ބޮޑުބައި ނިމިފައި ވާކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިނޫހަށް މައުލޫމާތު ދެމުން ބުނީ ޚިދުމަތްތައް މުޅިން އައު ޕްލެޓްފޯމަކަށް ބަދަލުކުރުމުގެ މަސައްކަތް 1 އޮކްޓޯބަރ 2013 އިން 10 އޮކްޓޯބަރ 2013 ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި އިންޓަނެޓް ބޭންކިންގގެ ޚިދުމަތަށް އަލަށް އެދޭ ފަރާތްތަކަށްޚިދުމަތްދިނުމާއި އަލަށް ކާޑު ދޫކުރުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ބޭންކުން ބުނެ އެވެ. ނަމަވެސް މުއްދަތު ހަމަވާ ކާޑުތައް މި މުއްދަތުގައިވެސް އައުކޮށްދެވޭނެ ކަމަށާއި ކާޑާއި އިންޓަނެޓް ބޭންކިންގ ޚިދުމަތަށް އެދި ހުށަހަޅާ ފޯމުވެސް ބަލައިގަންނާނެ ކަމަށް ބޭންކުން ބުނެ އެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ބޭންކް އޮފް މޯލްޑިވްސް އިން ފޯރުކޮށްދޭ އިލެކްޓްރޯނިކް ބޭންކިންގގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުވެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެންކުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355