twitterviber whatsapp telegramfacebookyoutube instagram
27th September 2026

ދުނިޔޭގެ ރީތީގެ ރާނީއަކަށް މިއަހަރު ޕިލިޕީންސްގެ ރީތީގެ ރާނީ

Sep 30, 2013

ޕިލިޕީންސްގެ ރީތީގެ ރާނީ މެގާން ޔަންގް އަށް މިސްވޯލްޑް 2013 ގެ މަގާމު ލިބިއްޖެ އެވެ.

އިންޑޮނޭޝިޔާގެ ބާލީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިސްވޯލްޑްގެ ތާޖު  އުމުރުން އެންމެ 23 އަހަރުގެ މެގާން ހޯދީ 126 ބައިވެރިންނާ ވާދަކޮށެވެ.

ގެ މަގާމް ހޯދި މިސް ޔަންގް އަށް ތާޖާއި ޝޭސް ހަވާލުކޮށްދީފައިވަނީ ވޭތުވެދިޔަ 2012 ވަނަ އަހަރުގެ މިސް ޗައިނާގެ މަގާމު ހޯދި ފަރާތެވެ. އުމުރުން 10 އަހަރުގައި ޕިލިޕީންސްއަށް ދިރިއުޅުން ބަދަލުކުރި ޔަންގް އަށް މިސް ވޯލްޑްގެ މަގާމު ލިބިފައިވާއިރު މި މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ ފްރާންސްގެ ރީތީގެ ރާނީ މަރައިން ލޯފެލިންގ އެވެ. އަދި 3ވަނަ އަށް ގޮސްފައިވަނީ މިސް ގާނާގެ ކަރަންޒާ ނާ އޮކައިލޭ އަށެވެ.

ކުރިން އިންޑޮނޭޝިޔާގެ ޖަކާޓާގައި ބާއްވަން ހަމަޖެހިފައިއޮތް މި ރަސްމިއްޔާތު ބާލީ އަށް ބަދަލުކޮށްފައިވަނީ އެގައުމުގެ ބައެއް ދީނީ ޖަމާއަތްތަކުން މިސްވޯލްޑް ހޮވުމުގެ ދެކޮޅުހެދުންތަކުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން މިރަސްމިއްޔާތު ބޭއްވުނު 28 ވަނަ ދުވަހު އެސަރަހައްދުގެ ސެކިއުރިޓީގެ ކަންތައް އެގައުމުގެ ސިފައިން ވަނީ ވަރަށް ހަރުކަށިކޮށް ބަލަހައްޓާފައެވެ. އެހެން ނަމަވެސް އެދުވަހު އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށް މައުލޫމާތު ލިބެއެވެ.

މިސްވޯލްޑް ހޮވުމުގެ މި ރަސްމިއްޔާތު 180 ގައުމެއްގެ ޗެނަލް ތަކުން ވަގުތުން ދުރަށް ފޮނުވިއިރު ޖަކާޓާގެ ބޭރުގައި ހުރި މިސްކިތެއްގައި މި ރަސްމިއްޔާތާއި ދެކޮޅުހަދާ މުޒާހަރާކުރި މީހުންގެ ތެރެއިން އިސްލާމިކް ޑިފެންޑާރސް ފްރަންޓްގެ ހާހެއްހާ މެމްބަރުން ވަނީ ނަމާދުކުރުމުގެ ސެޝަނެއް ބާއްވާފަ އެވެ. — ބީބީސީ

[yass cats=40]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293