twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުޅުދުއްފުށީގައި ޕިކަޕަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ

Oct 3, 2013

10:15

ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، މަރުވި ޒުވާނާ ހޮސްޕިޓަލަށް ގެނެވުނު އިރު ނޭފަތުންނާ އަނގައިން ވަރަށް ބޮޑަށް ލޭ އަންނަމުން ދިޔައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނެވުނު އިރު ނޭވާ ލެވެނީ ވަރަށް އުނދަގުލުން ދަތިކޮށް ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލަށް ގެނައި އިރު އަދި މަރު ނުވާ ކަމަށާއި އެހެންނަމަވެސް ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ބޮލުގެ އެތެރެއަށް ލޭ އެޅިފައި ވުމުގެ ސަބަބުން އޭނާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހޮސްޕިޓަލުގެ ފަރާތުން ކޮށްފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

10:00

ޕިކަޕު ދުއްވަން އިން ޑްރައިވަރު މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހެނދުނު 8:15 ހާއިރު، ފިހާރައަކަށް މުދާ ހުސްކުރުމަށްފަހު، އެނބުރި ބޯޓު ކައިރިއަށް ދަނިކޮށެވެ. އެވަގުތު ޕިކަޕުގެ ފަހަތުގައި 5 ވަރަކަށް ކުދިން ތިބި ކަމަށް އޭނާ ބުންޏެވެ.

9:30

ކުޅުދުއްފުށީގައި ޕިކަޕަކުން ވެއްޓި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ކުޅުދުއްފުށި، ބަތަލާފަރު، އުމުރުން 18 އަހަރުގެ މުހައްމަދު އަބްދުﷲ އެވެ.

ޕިކަޕުން އޭނާ ވެއްޓިފައިވަނީ ޕިކަޕު ދުއްވާލި ވަގުތުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އަނގައިން ވަރަށް ގިނަ ލޭ އައިސްފައި ހުރި ކަމަށް ހޮސްޕިޓަލުގައި ހުރި މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

އިތުރު ތަފްސީލު އަންނަނީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293