މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިއޮތް “ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް” އެމްޑިޕީ ކެމްޕޭން ޖަލްސާ ފަސްކޮށްފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ އެމްޑީޕީ ގޮފީގެ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ ޕިކަޕަކުން ޒުވާނަކު ވެއްޓި އޭނާ ނިޔާވުމުން ރަށަށް ލިބުނު ކުއްލި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މިރެއަށް އެޖެންޑާ ކޮށްފައިވާ ޖަލްސާ ފަސްކުރެވިފައިވާ ކަމަށެވެ. މި ޖަލްސާއަށް މާލެއިން އައުމަށް “ޑެލިގޭޝަނެއް”ވެސް ކުރިން ހަމަޖެހިފައި ވާ ކަމަށާއި އެހެން ނަމަވެސް މި ޓީމު މިރޭ ނާންނާނެ ކަމަށްވެސް އަލީ ވިދާޅުވި އެވެ.
ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވިދާޅުވީ ކެންސަލު ކުރެވުނު މި ޖަލްސާ ފަހުން ބޭއްވޭނެ ދުވަހެއް ސަޕޯޓަރުންނަށް އަންގާނެ ކަމަށެވެ.
މިއަދު ހެނދުނު ޕިކަޕަކުން ވެއްޓި ޒުވާނަކު ވަނީ މަރުވެފައެވެ.